އެމްއެންޑީއެފް ސަދަން އޭރިއާ އިން ކުރިއަށް ގެންދާ ހާއްސަ އެކްސަސައިޒެއް މާދަމާ އައްޑޫގައި ފަށާ ގޮތަަށް ނިންމައިފި އެެވެ.
ސަދަން އޭރިއާ އިން ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ކުރިއަށް ގެންދާ އެކްސަސައިޒް މާދަމާ އިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާ އެކު ޗެކްޕޮއިންޓްތައް ގާއިމުކޮށް، މަގުމަތީގައި ދުއްވާ އުޅަނދުތައް ރެންޑަމްކޮށް ޗެކް ކުރަމުން ވެސް ގެންދާނެ އެވެ.
މީގެ އިތުރުން މި ހަރަކާތުގައި ގޮވާ ތަކެއްޗާއި ވަޒަން ވެސް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެހެން ނަމަވެސް މި ހަރަކާތްތަކުގައި ބޭނުން ކުރާ ހަތިޔާރުތަކުގެ ސަބަބުން އާންމު ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.