ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމް "ޕަދްމަވަތީ" ގެ ކާސްޓިން އާ ބެހޭ ގޮތުން މިއަދާ ހަމައަށް އައީ ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.
ކުރިން ވެސް ކަށަވަރުވެފައިވާ ގޮތުން ފިލްމުގެ ބަތަލާއަކީ ދީޕިކާ ޕަދްކޯނެވެ.
އެކްޓަރުންނަކީ ރަންވީރު ސިންގާއި ޝާހިދު ކަޕޫރު ކަމަށް ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، ދެ މީހުންނަށް ކުޅެން ލިބުނު ރޯލަށް ބަލާ އިރު، އެކަކަށް ވުރެ އަނެނަކުގެ ރޯލަށް މާ ބޮޑު އިސްކަމެއް ދީފައިވާތީ މި ފިލްމް ރަންވީރާއި ޝާހިދު ތިބީ ސޮއި ކުރުމުގެ ދެ ހިޔާލެއްގަ އެވެ.
އެހެން ނަމަވެސް "ޕަދްމަވަތީ" ޕްރޮޑިއުސް ކުރާ ވަޔަކޮމް 18 ގެ ސީއީއޯ ސުދާންޝޫ ވަޓްސް މިއަދު ވަނީ ޓްވިޓާގައި ފިލްމުގެ ކާސްޓުން ކަށަވަރުކޮށް ދީފަ އެވެ.
އެގޮތުން ދީޕިކާ އާ އެކު ފެނިގެން ދާނީ ހަމަ ރަންވީރާއި ޝާހިދެވެ.
With @deepikapadukone, @RanveerOfficial & @shahidkapoor in the lead, we are surely excited about @RealPadmavati
— Sudhanshu Vats (@Sudhanshu_Vats) October 10, 2016
މިއީ ދީޕިކާ އާއި ރަންވީރު އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ބަންސާލީ އެންމެ ފަހުން ޑައިރެކްޓް ކުރި "ބަޖިރާއޯ މަސްތާނީ" އާއި "ރާމް ލީލާ" ގެ ތަރިންނަކީ ވެސް އެ ދެ މީހުންނެވެ.
އެހެން ނަމަވެސް މިއީ ބަންސާލީގެ ފިލްމަކަށް ޝާހިދު ސޮއި ކުރި ފުރަތަމަ ފަހަރެވެ.
"ޕަދްމަވަތީ" އަކީ އަނެއްކާ ވެސް ތާރީހީ ލޯބީގެ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެކެވެ. ދީޕިކާ ޓައިޓްްލް ރޯލް ކުޅޭ އިރު ރަންވީރު ކުޅޭނީ އަލާއުއްދީން ހިލްޖީގެ ރޯލެވެ. ޝާހިދުގެ ކެރެކްޓާއަކީ ރާޖާ ރާވަލް ރަތަން ސިންގް އެވެ.
Delighted to announce that @Viacom18Movies and #SanjayLeelaBhansali are joining hands to release the magnum opus @RealPadmavati in 2017!
— Sudhanshu Vats (@Sudhanshu_Vats) October 10, 2016
ވަޔަކޮމް 18 އާއި ބަންސާލީގެ ޕްރޮޑަކްޝަން ހައުސް ގުޅިގެން އުފައްދާ "ޕަދްމަވަތީ" އަންނަ އަހަރު ރިލީޒް ކުރަން ނިންމި ނަމަވެސް އަދި ވަނި ތާރީހެއް ނުނިންމަ އެވެ.
ފިލްމުގެ ޝޫޓިން ފެށުމަށްޓަކައި މިހާރު އަންނަނީ ބިޔަ އަދި އަގު ބޮޑު ސެޓްތަކެއް ތައްޔާރު ކުރަމުންނެވެ.