Last Updated: November 23, 21:40
Saturday, November 23, 2024
ސިއްހަތު

ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ އިންްސްޕެކްޝަނެއް ފަށަައިފި

އައްޑޫގައި ހުރި ކާބޯތަކެތި ވިއްކާ ފިހާރަތައް ޗެކް ކުރުމުގެ އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.

އައްޑޫ ޕަބްލިކް ހެލްތު ޔުނިޓުން ކުރިއަށް ގެންދާ މި އިންސްޕެކްޝަން އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފި އެވެ.

hjkh

ޕަބްލިކް ހެލްތުގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް ވިދާޅުވީ މި ފިހާރަތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އިންސްޕެކްޝަނުގެ ބޭނުމަކީ ވިއްކަން ހުންނަ ކާބޯތަކެތި ހުރީ ކަނޑައެޅިފައިވާ މިންގަނޑަށްތޯ ޗެކް ކުރުުން ކަމަށެވެ.

އެގޮތުން މުއްދަތު ހަމަވެފައިވޭތޯ އާއި ކާބޯތަކެތީގައި ހުންނަން ޖެހޭ ލޭބަލްތައް ހުރިތޯ އާއި އަގުތައް ޖަހާފައި ހުރިތޯ ތަކެތި އަތުރާފައި ހުންނަނީ ރަނގަޅަށްތޯ ފަދަ ކަންކަން ބަލާނެ އެވެ.

އިންސްޕެކްޝަނުގެ ތެރޭގައި ފާހަގަ ކުރެވޭ މިންގަނޑުތަކަށް ނުފެތޭ ގޮތަަށް ހުރި ކަންކަން އިސްލާހު ކުރަން ފިހާރަތަކަށް އަންގާނެ އެވެ.

fjh

އަދި މުއްދަތެއް ދިނުމަށް ފަހު އެންގި ގޮތަށް އަމަލު ނުކުރާ ނަމަ، ޕަބްލިކް ހެލްތުން ފިޔަވަޅު ވެސް އަޅާނެ އެވެ.
"ކޮންމެ އަވަށެއްގައި ވެސް މި އިންސްޕެކްޝަން ކުރިއަށް ދާނީ އެ އަވަށެއްގެ ޕަބްލިކް ހެލްތު އޮފިސަރުން. މިއަދު މަސައްކަތ ފަށައި ގަނެ، ކާބޯތަކެތި ވިއްކާ ހުރިހާ ފިހާރަތަކެއް ޗެކް ކުރެވެންދެން އިންސްޕެކްޝަން ކުރިއަށް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.