Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

ގަން އެއާޕޯޓްގެ އާ ރަންވޭ ހުޅުވާނީ ނޮވެމްބަރުގައި

ގަން އެއާޕޯޓްގެ އާ ރަންވޭ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.

އެ ކުންފުނިން ކުރިން ބުނި ގޮތުގައި މި މަހުގެ މެދު ތެރޭގައި އާ ރަންވޭ ހުޅުވާނެ އެވެ.

އަޑެޕިއުޓީ މެނޭޖަރު އޮޕަރޭޝަންސް އަހުމަދު ޝަފީގް ވިދާޅުވީ އާ ރަންވޭގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށާއި، މިހާރު ކުރަމުން އަންނަނީ އަލަށް އެޅި އޭޕަރަންގެ ޑިފެކްޓްސްތައް ހޯދައި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށެވެ.

1476244025

އޭނާ ވިދާޅުވީ އާ ރަންވޭ ނޮވެންބަރު މަހުގެ ފަހުކޮޅު ހުޅުވޭވަރު ވާނެ ކަމަށެވެ. އަދި ރަންވޭ އާ އެކު ސީޕްލޭން ބޭސްގެ މަސައްކަތްތައް ވެސް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ޝަފީޤު ވިދާޅުވި އެވެ.

މީގެ އިތުރުން ސްރީލަންކަން އެއާލައިންސުން ގަމަށް ފެށުމަށް ރާވަމުންދާ ދަތުރުތަކަށް ކޭޓަ ކުރެވެނޭ ވަސީލަތްތައް އެބަހުރި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ގްރައުންޑް ހެނޑްލިން އިކުޕްމަންޓް އިތުރުކުރަން ޖެހޭނެ ކަމަށް ޝަފީގް ފާހަގަ ކުރެއްވި އެވެ.