ރޯވިން އިން ތަމްރީނުތަކެއް ހެދުމަށް އައްޑޫގެ ދެ އެތުލީޓަކު ތައިލެންޑަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރޯވިން އެސޯސިއޭޝަނުން ޖޫނިއާ ޔޫތު އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ހޯދުމަށް ތައިލެންޑަށް ދާ ދެ ބައިވެރިންނަކީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރެއް ކަމަށްވާ ހުސައިން ހުސާާއި ޕޮލިހުގެ ފަރާތުން ހަސަން ޝިޔާން އެވެ.
އެ ދެ އެތުލީޓުން ފުރުމުގެ ކުރިން ރޯވިން އެސޯސިއޭޝަންގެ އޮސް އޮފިޝަލުންނާ އެކު އައްޑޫ ސިޓީ ކައުންސިލާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.
ބައްދަލުވުމުގައި ރޯވިން އެސޯސިއޭޝަންގެ ޓީމް ޖާޒީ ހަވާލު ކުރުން އޮތެވެ.
އެ ބައްދަލުވުމަގައި، ރޯވިންގް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބް ވަނީ ރޯވިން އަށް އުންސިލުން ދޭ އެހީތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އަދި ރޯވިންގް އެސޯސިއޭޝަން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެއް ބާރަކަށް ކައުންސިލްގެ އެއްބާރުލުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ގައުމީ ރޯވިން ޓީމް ދާދި ފަހުން ވަނީ ވިއެޓްނާމްގައި ބޭއްވި ފަސް ވަނަ ބީޗް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ.