ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާން ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އެހެން ނަމަވެސް ޖަލްސާ އޮންނާނެ ތަނަކާއި ގަޑިއެއް ވިދާޅެއް ނުވެ އެވެ.
PPM ge 5vana aharee dhuvas faahaga kurumuge gothun iraadha kurevviyyaa Oct 31 vana dhuvahuge rey alhugan'du aammu jalsa eh baavvaanan. 1/2
— Maumoon Abdul Gayoom (@maumoonagayoom) October 13, 2016
މައުމޫން ވިދާޅުވީ ޖަލްސާ އަށް ޕީޕީއެމްގެ އެންމެހައި މެމްބަރުންނަށް ދައުވަތު އަރުވާ ކަމަށެވެ.
އާންމު ޖަލްސާއެއް ބާއްވާކަން މައުމޫން އިއުލާންކޮށްފައި މި ވަނީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ނުބޭއްވި މައުމޫނަށް ޕީޖީ ގްރޫޕްގެ ބަހުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގަ އެވެ.
މައުމޫން ޕީޕީއެމްގެ ޖަލްސާއެއް ބާއްވަން ނިންމާފައި މި ވަނީ އެ މަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ވަރަށް ބޮޑަށް ހިޔާލު ތަފާވުންތައް އުފެދި، އެ ޕާޓީގެ ޕީޖީ ގްރޫޕުން މައުމޫނާ ދެކޮޅަށް ތަފާތު ވާހަކަތަކެއް ވެސް ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ނައިބް ރައީސްއ ަބްދުﷲ އަބްރުއްރަހީމް ވިދާޅުވީ ޕްރައިމެރީއަކާ ނުލައި ރައީސް ޔާމީނަށް 2018 ގެ ޓިކެޓް ލިބެން ޖެހޭނެ ކަމަށާއި އެކަން އެގޮތަށް ކުރަން ބޭނުން ނުވާ މީހުން ގޭގައި މަޑުކޮށްލަން އެދޭ ކަމަށެވެ.
Mi jalsa ah vadaigen dhevvumah PPM ge lobuvethi membarunnah alhugan'du dhau'wathu aruvan. Emme furathama qawmu. 2/2
— Maumoon Abdul Gayoom (@maumoonagayoom) October 13, 2016
މައުމޫނަށް މިއަދު ވެސް ބަހުގެ ހަމަލާތަކެއް ޕީޖީ ގްރޫޕުން ދީފައި ވަނިކޮށް، އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރުން ލަސް ކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ބައިވެރިވި އެވެ.