Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫގެ ރައްޔިތުންނަށް އެވޯޑެއް ދެނީ

އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތްތަކަށް އެވޯޑެއް ތައާރަފު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބުނީ މި އެވޯޑްގެ މަގުސަދަކީ އެކި ދާއިރާތަކުން ކާމިޔާބީތައް ހާސިލްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުން ކަމަށެވެ.

އެވޯޑް ދޭން ވަރަށް އަވަހަށް ހަފުލާއެއް ބާއްވަން ނިންމާފައިވާ އިރު، މިކަމާ ބެހޭ ގޮތުން އެކުލަވާލައިފައިވާ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމެއް ވެސް މިހާރު ވަނީ ބާއްވައިފަ އެވެ.

hgjh

ކައުންސިލުން ބުނީ އެވޯޑް ހަފުލާ ބޭއްވުމުގެ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް މާ ބޮޑު ތަފުސީލެއް ދީފައެއް ނުވެ އެވެ.

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ވެސް "ކަނބައިދި" ގެ ނަމުގައި އަންހެނުންނަށް ހާއްސަ އެވޯޑެއް ތައާރަފުކޮށް، މި އަހަރު 14 މީހަކަށް އެވޯޑް ދީފައިވެ އެވެ.