ދަނޑުވެރިކަމަކީ ޒުވާމމުން އެހާ ބޮޑަށް ގަޔާވާ މަސައްކަތަކަށް ނުވެ އެވެ. ގިނަ ޒުވާނުންނަށް ގަބޫލު ކުރެވިފައި އޮންނަނީ އެއީ ވަރަށް ހަޑި މަސައްކަތެއްގެ ގޮތުގަ އެވެ.
ޖަޕާނުގެ ކެންގޯ އަށް ނިސްބަތްވާ ކިޔޯޓޯ ސައިޓޯ ވެސް ދަނޑުވެރިކަމާ ދޭތެރޭ ދެކުނީ އެ ނަޒަރުންނެވެ.
އެހެންވެ އޭނާގެ އާއިލީ މަަަސައްކަތުގެ ގޮތުގައި 400 އަހަރުގެ ތާރީހެއް އޮތް ހަނޑު ހެއްދުމުގެ މަސައްކަތުގެ ތެރެއަށް ވަންނާކަށް ކިޔޯޓޯ ބޭނުމެއް ނުވި އެވެ.
އެހެންވެ ހިތް ކިޔާ ކަހަކަ އޮފީސް ވަޒީފާއަކަށް އޮތް ޝައުގުވެރި ކަމެއްގެ ބޮޑުކަމުން އަވަށްގަނޑު ދޫކޮށް، ސިޓީއަކަށް ބަދަލުވި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، ކިޔޯޓޯ ވަނީ އަލުން އާއިލާގެ މީހުންގެ ގާތަަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
މިހާރު އޭނާއަކީ ވަރަށް ފޯރީގައި ދަނޑު ހައްދާ މީހެކެވެ.
ހާއްސަކޮށް ހަނޑޫ އުފެއްދުމުގައި މަސައްކަތުގައި ކިޔޯޓީ ވަރަށް ބިޒީ އެވެ. އެކަމަކު އޭނާ މަސައްކަތް ކުރާ މަންޒަރު ފެނުމުން ބައެއް މީހުންނަށް ޖޯކަކަށްވެގެން، މަލާމާތްކޮށްފައި ހީހީ ވެސް ހަދައިފާނެ އެވެ.
އެހެން ނަމަވެސް މައްސަލައެއް ނެތެވެ. ދަނޑުގައި ކިޔޯޓީ މަަަސައްކަތް ކުރަނީ ކޯޓް ފަޓްލޫންލައިގެން ޓައި އަޅައިގެންނެވެ. ފަސް ގަނޑު ޖެހުމާއި ޓްރެކްޓަރުން ދުއްވުން ފަދަ ކަންކަމުގައި އޭނާ އުޅެނީ ހަމަ ކޯޓް ފަޓްލޫނުގަ އެވެ.
ދަނޑުވެރިކަމުގެ މަސައްކަތުގައި ކޯޓް ފަޓްލޫން ލާން ކިޔޯޓޯ އަށް ހިޔާލު އެއީ ރޭގަނޑެއްގެ ކެއުމެއްގެ ތެރޭގައި އޭނާގެ ބޭބެ ދިން ހިޔާލަކާ ގުޅިގެންނެވެ.
އެރޭ އޭނާގެ ބޭބެ މަޖަލަކަށް ހަދާފައި ބުނީ ދަނޑުވެރިކަން ކުރަން ކޯޓް ފަޓްލޫނުގައި ނިކުތުމަކީ ވަރަށް މަޖާ ކަމަކަށް ވާނެ ކަމަށެވެ.
ބޭބެގެ ހިޔާލު ހަގީގަތުގައި ކިޔޯޓޯ ނެގީ މަޖަލެއްގެ ގޮތުގައެއް ނޫނެވެ. ވަރަށް ސީރިއަސް ނިންމުމެއް ނިންމައި، އޭނާ ކުރި ކަމަކީ ކޯޓް ފަޓްލޫނު ލައިގެން ދަނޑުވެރިކަމުގެ މަސައްކަތަށް ދަނޑަށް ނިކުތުމެވެ.
"ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ދަނޑުވެރިންނަކީ މުޅި ދުވަހު ވަަރަށް ހަޑިކޮށް އުޅެފައި ރަނގަޅު އާމްދަނީއެއް ބެސް ނުލިބޭ މަސައްކަތެއްގެ ގޮތުގައި،" ޒޫމިން ޓީވީއަށް ކިޔޯޓޯ ދިން އިންޓަވިއުއެއްގައި ބުންޏެވެ. "އެހެންވެ އަހަރެންގެ އަޒުމަކަށްވީ ޒުވާނުން މި މަސައްކަތާ ދޭތެރޭ ދެކޭ ގޮތް ބަދަލު ކުރުން."
ކިޔޯޓޯ ބުނީ ކޯޓް ފަޓްލޫގައި އޭނާ ދަނޑުވެރިކަމަށް ނިކުތުމުން ގިނަ ބަޔަކަށް ހައިރާންކަން ވެސް ލިބުނު ކަމަށެވެ. އަދި ބައެއް ދަނޑުވެރިން ސިފަ ކުރީ މިއީ އޭނާ އެ މީހުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ކަަމަށް ވެސް ކިޔޯޓޯ ބުންޏެވެ.
"އެކަމަކު އެއީ އަހަރެންގެ ވިސްްނުމެއް ނޫން. ބޭނުންވީ މި މަސައްކަތަށް ޒުވާނުންގެ ހިތް ޖެއްސުން. އެކަން މިހާރު ވަރަށް ކާމިޔާބު ވެސްވެއްޖެ،" އޭނާ ބުންޏެވެ. "މިހާރު ވަރަށް ގިނަ މީހުން އަހަރެން މިގޮތަށް އުޅޭ ތަން ފެނިގެން ހިތްވަރު ވެސް ދީ ހަދާ."
ދަނޑުވެރިކަމުގެ "ޔުނިފޯމަށް" ކިޔޯޓޯ މި ގެނައި ބަދަލާ އެކު ޖަޕާނުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ވެސް ކިޔޯޓޯ އަށް ހުއްޓިފައިވެ އެވެ.
އަދި އޭނާގެ ވާހަކަތައް މިޑިއާތަކުން އެތައް ބަޔަކަަށް ފެނި، ކިޔޯޓޯ މިހާރު ވަނީ އެންމެ "ސްޓައިލިޝް" ދަނޑުވެރިޔާގެ ގޮތުގައި މަޝްހޫރުވެފަ އެވެ.