Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކާޑް ސަބްސިޑީ ކައުންސިލްތަކަށް ދެވިދާނެ: އެލްޖީއޭ

ސަރުކާރުން ހުއްޓާލާފައިވާ ކާޑް ސަބްސިޑީ ކައުންސިލްތަކަށް ދެވިދާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

އެލްޖީއޭގެ ސެކްރެޓަރީ ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވީ ކާޑް ސަބްސިޑީ ދިނުމަކީ ގާނޫނީ ގޮތުން ކައުންސިލަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެކަން ކައުންސިލް ތަކުން ކުރިއަސް އެއީ ސަރުކާރާއި ޗެލެންޖް ކުރުން ނޫންކަމަށް ޝައްމޫން ވިދާޅުވިއެވެ.

ޝައްމޫން ވިދާޅުވީ ކައުންސިލްގައި ހުންނަ ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ދިނުމަކީ އެކައުންސިލެއްގެ އަމިއްލަ ކަމެއް ކަމަށެވެ.

އަދި އެކަމަށް ވަކި ސަޕްލިމެންޓްރީ ބަޖެޓެއް ހަދައިގެން ސަބްސިޑީ ދިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެލްޖީއޭއިން މިގޮތަށް ބުނެފައި މިވަނީ ކާޑް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން އުނގޫފާރު ކައުންސިލުން އެރަށުގެ ރައްޔިތުންނަށް ކާޑް ސަބްސިޑީ ދޭން ނިންމާފައި ވަނިކޮށެވެ.