ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރާ ކަމަށާއި، ޖުމްހޫރީ ޕާޓީއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށް އެ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑރ. ހުސެއިން ވިދާޅުވީ ޕާޓީ ތާއީދު ކުރާ ފަރާތަކީ ކޮބައިކަން ނޭނގި ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީޫ ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއްވެސް ފަރާތަކާއި ޒާތީގޮތުން ޖެހިގެން މަސައްކަތްކުރާ ޕާޓީއެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ޒިންމާދާރުކަމާ އެކުގައި،" ހުސައިން ވިދާޅުވި އެވެ. "އަޅުގަނޑުމެން ސަރުކާރަށް ތާއީދެއް ނުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި،"
އޭނާ އަދި ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުގެ މާނައަކީ ސަރުކާރުގެ ހުރިހާ ކަމަކަށް ދެކޮޅު ހެދުން ނޫން ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ ކަންކަމުގައި ވެސް އަމަލު ކުރަނީ ޕާޓީއަށް ފެންނަ ގޮތަށް ކަމަށް ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ޖުމްހޫރީ ޕާޓީން އެއްވެސް ފަރާތަކާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމާ ކަމަށާއި އެކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
"ޕީޕީއެމްގެ ރައީސް މައުމޫން މި ޕާޓީ އަށް ފޮނުއްވި ސިޓީގައި ވެސް ނތް ކޮލިޝަނެއް ހަދާ ވާހަކައެއް. ނެތް. އެ ސިޓީގައި ވަނީ ބައްދަލު ކުރުމަށް ބޭނުންވާ ކަމަށް. އެހެންވީމަ ވާހަކަދެއްކުމަށް ފަހު އަޅުގަނޑުމެން ގޮތެއް ނިންމާނަން،" ޑރ. ހުސެއިން ވިދާޅުވި އެވެ.