1. ޗެރީ
ހުރިހާ ވައްތަރެއްގެ ޗެރީއަކީ ނިދުމަށް އެހީވެދޭ އެއްޗެއް ނޫނެވެ. ޗެރީގެ އެކި ބާވަތްތައް ހުންނައިރު، އޭގެ ތެރެއިން ނިދުމަށް އެހީވެދޭ އެންމެ މުހިންމު ވައްތަރަކީ ޓާޓް ޗެރީއެވެ. ޓާޓް ޗެރީގައި ނިދުމަށް އެހީވެދޭ ހޯމޯންއެއް ކަމަށްވާ މެލަޓޮނިން ހިމެނެއެވެ. ހަށިގަނޑުގައި މެލަޓޮނިން ހުންނަ މިންވަރު އިތުރުވާނަމަ، ނިދަން ފަސޭހަވާނެއެވެ.
2. ކިރު
ރޭގަނޑު ނިދަން ދިއުމުގެ ކުރިން އާންމުކޮށް ހުރިހާ މައިންބަފައިންވެސް ކުދިންނަށް ހޫނު ކިރުތަށްޓެއް ބޯންދެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ހޫނު ކޮންމެ އެއްޗެއްގެ ސަބަބުންވެސް ހަށިގަނޑުގެ ޓެމްޕަރޭޗާ މައްޗަށް ދެއެވެ. އެހެންކަމުން މީހާ ނިދިއަންނަ ގޮތްވެއެވެ.
3. ކެމޮމައިލް ސައި
އެހެން ހޫނު ބުއިމެއް ކަމަށްވާ ސައިއަކީވެސް ހޫނު ކިރުތައްޓަކުން ލިބިދޭ އަރާމު ލިބިދޭ އެއްޗެކެވެ. ކެމޮމައިލް ސައިގައި ކެފެއިން ނުހުންނަ ކަމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އެއިރުން ދަންވަރު އިރުއިރުކޮޅާ ހޭލެވޭގޮތް ނުވާނެއެވެ. ކެމޮމައިލް ސައި ނުބައިނަމަ، ހާބަލް ނުވަތަ ކެފެއިން ނުހުންނަ ވައްތަރެއްގެ ސައި ބުއިން ރަނގަޅުވާނެއެވެ.
4. ހޯލް ވީޓް ޕާން
ނިދަން އޮށޯތުމުގެ ކުރިން އެއް ފޮތި ޓޯސްޓް ޕާން ކާލާށެވެ. އޭގައި ހުންނަ ކާބޯހައިޑްރޭޓްސްގެ ސަބަބުން ސިކުނޑީގައި ޓްރައިޓޮފެން ހުންނަ މިންވަރު އިތުރުކޮށްދޭނެއެވެ. އޭގެ ސަބަބުން ނިދި އަންނަގޮތް ދިމާވާނެއެވެ. ކޮންމެ ވައްތަރެއްގެ ޕާން ރަނގަޅުވިޔަސް، އެންމެ ރަނގަޅަށް މަސައްކަތް ކުރާނީ ހޯލް ގްރެއިން ޕާނެވެ. ހޯލް ގްރެއިން ޕާންއިން ލިބިދޭ އެންމެ ބޮޑު އެއް ފައިދާއަކީ ގިނަ އަދަދެއްގެ ނިއުޓްރިއެންޓްތަކެއް ހަށިގަނޑަށް ފޯރުކޮށްދިނުމުގެ އިތުރުން، ލޭގައި ހަކުރު ހުންނަ މިންވަރުވެސް ގިނަކޮށް ނުދޭކަމެވެ.
5. ހޯލް ވީޓް ސީރިއަލް
ހޯލް ވީޓް ޕާންއާއި އެއްގޮތަށް، ހޯލް ވީޓް ސީރިއަލްއިން ޓްރައިޓޮފެން، މެލަޓޮނިންއާއި ސެރޮޓޮނިންއަށް ބަދަލުކުރުމުގައި އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސެރޮޓޮނިން ލެވެލްތައް މަތިވުމަކީ ނިދިއައުން ފަސޭހަކޮށްދޭ ކަމެކެވެ. 100 އިންސައްތަ ހޯލް ގްރެއިން ސީރިއަލް ކެއުމަށް މާހިރުން އިރުޝާދު ދޭއިރު، އޭގެތެރެއަށް ކިރު ނޭޅުމަށް ލަފާދެއެވެ. އެއީ ކިރުގައި ހުންނަ ޕްރޮޓީންއިން ޓްރައިޓޮފެން ސިކުނޑިއަށް ވަނުމަށް ހުރަސްއަޅާނެތީއެވެ. ހަކުރު އަޅާފައި ހުންނަ ސީރިއަލް ކެއުމުގެ ސަބަބުން ހަކުރު މައްޗަށްދާ މައްސަލައަށް ހައްލެއް ހޯދަން ބޭނުންނަމަ، ހޯލް ވީޓް ސީރިއަލް ކެއުމަށް އާދަކުރާށެވެ.