Last Updated: November 28, 13:13
Thursday, November 28, 2024
ސިއްހަތު

އިސްތަށި ފޭބުން މަދުކޮށްދޭ ހަ ބާވަތެއްގެ ކާނާ

ހަށިގަނޑުގެ އެހެން ކަންތައްތަކެކޭ އެއްފަދައިން، އިސްތަށިގަނޑުގެ ވަރުގަދަކަންވެސް ބިނާވެފައި އޮންނަނީ އެމީހަކު ކައިބޮއެ އުޅޭ އެއްޗެހީގެ މައްޗަށެވެ.

އެހެންކަމުން، ސިއްޙަތަށް ފައިދާހުރި އެއްޗެހި ނުކާނަމަ، ބޭނުންވާ މިނަރަލްތަކާއި ވިޓަމިންތައް ނުލިބުމުގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހިވެއެވެ. ތިރީގައި މިވަނީ އިސްތަށި ފޭބުން މަދުކޮށްދޭ 6 ބާވަތެއްގެ ނިއުޓްރިއެންޓްއެވެ.

1. ޕްރޮޓީން

ޕްރޮޓީންއަކީ އިސްތަށި އުފެދި، ފެޅުމަށް ބޭނުންވާ އެންމެ މުހިންމު މާއްދާއެވެ. އެހެންކަމުން ދުޅަހެޔޮ މިންވަރެއްގައި އިސްތަށި ފެޅުމަށް ޕްރޮޓީން ކޮންމެހެންވެސް ބޭނުންވެއެވެ. ބޭނުންވާ ވަރަށްވުރެ މަދުން ހަށިގަނޑުގައި ޕްރޮޓީން ހުރިނަމަ، ފައިބާ އިސްތަށިތަކުގެ ބަދަލުގައި އިސްތަށި ފެޅުމަށް ހުރަސްއެޅިގެންދާނެއެވެ. ޕްރޮޓީން ލިބިދޭ ކާއެއްޗެހީގެ ތެރޭގައި މަސް، ބިސް، ނަޓްސް އަދި ކިރުފަދަ އެއްޗެހި ހިމެނިގެންވެއެވެ.

2. އަޔަން

އިސްތަށި ހެދިބޮޑުވުމަށްޓަކައި އަޔަން އަކީ ވަރަށް މުހިންމު މިނަރަލްއެކެވެ. މާމަދުން އަޔަން (އެނީމިއާ) ހުރުމަކީ އިސްތަށި ފޭބުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. އެއީ އޭގެ ސަބަބުން ހެއާ ފޮލިކަލްތަކަށް ނިއުޓްރިއެންޓް ނުލިބުމުގެ ސަބަބުންނެވެ. ކުކުޅާއި ކަނޑު މަހަކީ އަޔަންއިން މުއްސަނދި ވެފައިވާ ކާއެއްޗެހިއެވެ. އަދި ހަމަ އެހެންމެ މުގު، ސްޕިނެޗް، ބްރޮކޮލީ، ކަދުރު އަދި މޭބިސްކަދުރަކީވެސް އަޔަން ލިބިދޭނެ އެއްޗެހިއެވެ.

3. އޮމެގާ-3

އޮމެގާ 3 ފެޓީ އެސިޑްތަކަކީ ބޮލުގެ ތަލަ ރަނގަޅަށް ހައިޑްރޭޓްވެފައި ހުރުމަށް އެހީވެދޭ، ވަރަށް މުހިންމު ފެޓްގެ ވައްތަރެކެވެ. އަދި އޭގައި ހުންނަ އިންފްލެމޭޓަރީ ބާރުތަކުގެ ސަބަބުން ހެއާ ފޮލިކަލްތައް ހުޅުވި، ދުޅަހެޔޮ ގޮތުގައި އިސްތަށި ހެދިބޮޑުވެއެވެ. އޮމެގާ 3 އަކީ ހަށިގަނޑުގައި ޤުދުރަތީ ގޮތުން ހުންނަ އެއްޗެއް ނޫނެވެ.

އެހެންކަމުން މި ބާވަތުގެ ފެޓް ޖެހޭނީ ކާއެއްޗެހިން ލިބިގަންނަންށެވެ. އެގޮތުން އޮމެގާ 3 ފެޓީ އެސިޑް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި އެވޮކާޑޯ، ސެލްމަން، ބަރަބޯ އޮށް އަދި ވޮލްނަޓް ހިމެނެއެވެ.

foods_for_hair_fall_big

4. ވިޓަމިން ބީ

ވިޓަމިން ބީއަކީ ފެނާއި ރަނގަޅަށް އެއްވާ ނިއުޓްރިއެންޓްއެކެވެ. ވިޓަމިން ބީއަށް ބައޯޓިންގެ ނަމުންވެސް ކިޔައެވެ. މިއީ އިސްތަށި ފެޅުން އަވަސްކޮށްދީ، އިތުރަށް އިސްތަށި ފޭބުން ހުއްޓުވައިދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ އިސްތަށިގަނޑު އިލާސްޓިކް ކުރުވައި، ހަލާކުވުމުން ސަލާމަތްކޮށްދެއެވެ. ބައޯޓިން މަދުން ހުންނަ މީހުންގެ އިސްތަށިގަނޑު ހަލާކުވެ، އިސްތަށި ފައިބާގޮތް ވާނެއެވެ. މަހުގެ މެއި، އިސްޓު، ހޯލް ގްރެއިން އަދި ބިހުގެ ރީނދޫ ބައަކީ ވިޓަމިން ބީ ހިމެނިގެންވާ އެއްޗެހިއެވެ.

5. ވިޓަމިން ސީ

ވިޓަމިން ސީއަކީ ކޮލާޖެން އުފެއްދުމުގައި އެހީވާ އެއްޗެކެވެ. ކޮލާޖެންއަކީ އިސްތަށިގަނޑު އެކުގައި ހިފަހައްޓައިދޭ ޓިޝޫއެކެވެ. އެހެންކަމުން އިސްތަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށާއި، ހަލާކުވުމުން ދުރުކުރުމަށްޓަކައި ކޮލާޖެންގެ ބޭނުން ވަރަށް މުހިންމެވެ. ހަމަ އެއާއިއެކު އަޔަން ނަގައިގަތުމުގައިވެސް ކޮލާޖެން އެހީތެރިވެއެވެ. އެއިރުން އިސްތަށިގަނޑު ވަރުގަދަކޮށް ދުޅަހެޔޮކޮށް ހުންނާނެއެވެ. ވިޓަމިން ސީ ލިބިގަތުމަށްޓަކައި ކެއުން އެންމެ ރަނގަޅު އެއްޗެހީގެ ތެރޭގައި ބްލެކް ކަރެންޓް، ބްލޫބެރީ، ފޭރު، ކިވީ، އޮރެންޖު، ފަޅޯ، ސްޓްރޯބެރީފަދަ މޭވާއާއި ކެޕްސިކަމްއާއި ޓޮމާޓޯފަދަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

6. ޒިންކް

ޒިންކްއަކީ ހަށިގަނޑުގެ ސެލްތައް އުފެއްދުމުގައިއާއި، ޓިޝޫތައް ހެދިބޮޑުވުމަށާއި މަރާމާތުކުރުމަށް ބޭނުންވާ މިނަރަލްއެކެވެ. އެހެންކަމުން އިސްތަށި އަލުން ފެޅުމުގައިއާއި ހަލާކުވެފައި ހުންނަ އިސްތަށި މަރާމާތުކުރުމަށްޓަކައި ޒިންކް ވަރަށް މުހިންމުވެއެވެ. ޒިންކްއަކީ ހެއާ ފޮލިކަލްތަކާއި ގުޅިފައި ހުންނަ ތެޔޮ ބޭރުކުރާ ގްލޭންޑްތައް ދެމެހެއްޓުމުގައިވެސް ބޮޑު ރޯލްއެއް ކުޅޭ އެއްޗެކެވެ. ބޭނުންވާ ވަރަށް ޒިންކް ހަށިގަނޑުގައި ނުހުންނަނަމަ، އިސްތަށި ފޭބުމަކީ ޔަޤީން ކަމެކެވެ. ސީފުޑް، ބިސް، ކިރު، ހޯލް ގްރެއިން އަދި ނަޓްސް އަކީ ޒިންކްއިން ފުރިގެންވާ ކާނާގެ ބާވަތްތަކެވެ.