އައްޑޫގެ އަވަށްތަކުގައި ބަހައްޓަން ނިންމާފައިވާ އައުޓްޑޯ ޖިމް ސެޓްތައް ހަރުކޮށް ދިނުމުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި އަައުޓްޑޯ ޖިމް ސެޓް ހަރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.
މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އަންނަ މަހުގެ 2 ވަނަ ދުވަހު ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ކައުންސިލުން އަދި ބުނީ މައުލޫމާތު ސާފު ކުރުމާއި ޕްރޮޕޯސަލް ހުށަހަޅަން ދޭ ސުންގަޑިއަށް ފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަަމަށެވެ.
ޖިމް ސެޓަށް ބޭނުންވާ ތަކެތި ހޯދަން އެސްޓާން އައްޑޫ އިންވެސްޓްމަންޓާ ހަވާލުކޮށްގެން މިހާރު ވަނީ އައްޑު އަށް ގެނެސްފަ އެވެ.