Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

އައްޑޫ ފްލެޓްތަކުގެ ގުރުލުން އަންނަ މަހު

ހުޅުމީދޫގެ ފްލެޓްތައް. ފޮޓޯ/ ކިޔުންތެރިއެއް

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އެދި ކުރިމަތިލި މީހުންގެ މެދިގައި ބާއްވާ ގުރުލުން މި ބާއްވާނެ ކަމަށް ކުރިން ބުނި ނަމަވެސް، ގުރުލުން އަންނަ މަހަށް ފަސްކޮށްފައިވާ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އަންނަ މަހު ގުރުލުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ކަމށެވެ.

އޭނާ ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހެޅި ފޯމްތައް ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.

gjh

އެކަމަކު ގުރުލުން ބާއްވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ހިތަދު އާއި ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ކުރިމަތިލާން ހުޅުވާލައި މުއްދަތު ހަމަވި އިރު، 585 މީހަކު ފޯމް ހުށަހަޅާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫގައި 264 ފްލެޓް އިމާރާތްކޮށްފައިވާ އިރު، ހުޅުމީދޫގައި ހަދަނީ 48 ފްލެޓެވެ.