އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑާއި އާސެނަލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-4 އިން ކާމިޔާބުކޮށް އާސެނަލް ހަމަސައްސާލައިފިއެވެ.
އެލްކްސިސް ސަންޗޭޒްގެ އިތުރުން މެޗުގެ އާސެނަލްގެ ގޯލުތައް ޖަހާފައިވަނީ ޖިރޫޑެވެ. ސަންޑަލޭންޑުގެ ހަމައެކަނި ގޯލު ޕެނަލްޓީއަކުން ފެނިގެން ގޮސްފައިވާއިރު މިއަދު ޖިރޫޑްގެ ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނިކުމެއެވެ.
މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން އޭރިޔާ ތެރެއަށް ނަގާދިން ހުރަހަކުން ކާމިޔާބުކޮށްފައިވަނީ އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއެވެ.
އާސެނަލް މެޗުގެ ފުރަތަމަ ހާފު 0-1 އިން ނިންމާލާފައިވާއިރު މެޗުގައި ބާކީ ފެނިގެން ދިޔަ ހަތަރު ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ސަންޑަލޭންޑަށް ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްފައިވަނީ ޑެފޯއެވެ.
އޭނާގެ ގޯލަށް ފަހު 71 ވަނަ މިނެޓުގައި އާސެނަލްއަށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާ ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އޮލިވިއާ ޖިރޫޑެވެ. އޭނާ ވަނީ 5 މިނެޓު ފަހުން އިތުރު ގޯލަކާއެކު އާސެނަލްގެ ލީޑު ފުޅާކޮށްފައެވެ. ފަހު ގޯލު 78 ވަނަ މިނެޓުގައި ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ރަމްސީގެ އެސިސްޓަކުން އަނެއްކާވެސް ސަންޗޭޒްއެވެ.