އެމްޑީީޕީގެ ވެރިކަމުގައި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހި ކަމެއް ނުލިބޭ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވައިފި އެވެ.
އެ މަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދިވެހި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަމެއް ހޯދައި ދެވިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް މުއިއްޒުގެ އެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ކަމަށް ބައެއް ފަރާތްތަކުން މިހާރު އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
MDP ge verikamugai dhivehi evves rayyithakah boahiyaavahi kameh hoadhai dhevifaeh nuvey.
— Dr.Mohamed Muizzu (@MMuizzu) October 29, 2016
އެގޮތުން ބަލާ އިރު ރާއްޖޭގެ އެންމެ ދެކުނުގައި 700 ފްލެޓް އެޅުމުގެ މަޝްރޫއެއް ފެއްޓެވި އެވެ.
މި މަޝްރޫއުގެ ދަށުން ފޭދުގައި 25 ހައުސިން ޔުނިޓް އެމްޑީޕީ ސަރުކާރުން އަޅައި ދިނެވެ. އެ ޔުނިޓްތަކުގައި ފޭދޫގެ ބައެއް ރައްޔިތުން މިހާރު އަންނަނީ ދިރިވެސް އުޅެމުންނެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު 700 ފްލެޓް މަޝްރޫއަށް، ފަހުން ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓް ހުޅުމާލެ އަށް ވެސް ބަދަލުކޮށްފައިވެ އެވެ.
ނަޝީދުގެ ވެރިކަމުގައި މަސައްކަތް ފެށި ބައެއް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ނިންމުމުގެ މަސައްކަތް މިހާރު ވެސް އެކި މަރުހަލާގައި އެބަ ހުއްޓެވެ.
އޭގެ ތެރޭގައިނަ ތިނަދު އާއި ހދ. ކުޅުދުއްފުށި ރަށްތައް ފާހަގަކޮށްލެވެ އެވެ.
އެެހެންވެ އެމްޑީޕީ ވެރިކަމުގައި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ގަބޫލު ކުރެވެ އެވެ.