Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

ޑރ. އަންވަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު

ރާއްޖޭގެ ތައުލީމީ ދާއިރާ ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ވިލާ ކޮލެޖްގެ ރެކްޓާގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަންވަރަށް މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ (އޯޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފި އެވެ.

އައްޑޫ މީދު އަށް ނިސްބަތްވެވަޑައިގަންނަވާ އަދި ކުރީގެ ދެ އެޓާނީ ޖެނެރަލުން ކަަަމަށްވާ ހުސްނުއްސޫދާއި ޑރ. މުހައްމަދު މުނައްވަރުގެ ބޭބެ އަށް އޯޔޫއެމް އިން އެރުވީ ތައުލީމީ ދާއިރާގެ އޮނަރަރީ ޑޮކްޓަރޭޓެކެވެ.

މެލޭޝީއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި އޮތް އޯޔޫއެމްގެ 19 ވަނަ ކޮންވޮކޭޝަން ހަފްލާގައި، އެ އޮނަރަރީ ޑިގްރީ ޑރ. އަންވަރަށް އެރުވީ، ރާއްޖޭގެ ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ޑރ. އަންވަރު ޕްރައިމަރީ ޓީޗިންގް ޓްރެއިންިނގް ސެޓްފިކެޓެއް އިންޑިއާ އިން ހާސިލު ކުރެއްވި އިރު، ތައުލީމީ ދާއިރާއިން އިތުރަށް ކިޔަވައި ވިދާޅުވީ ސްކޮޓްލެންޑާއި އިނގިރޭސިވިލާތޔންނެވެ.

އަދި އެ ދާއިރާ އިން އަންވަރު ޕީއެޗްޑީ ހައްދަވައި، ޑޮކްޓަރޭޓް ހާސިލުކުރެއްވީ 2008 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްއިންނެވެ.