ފުލުހުންނާއި ފާރަގެމަ އާއި ކަސްޓަމްސް ގުޅިގެން އައްޑޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަަމަށް ޝައް ކުރެވޭ 2.2 ކިލޯގްރާމް ތަކެތި ކަނޑު މަގުން އައްޑު އަށް ދިޔަ ބޯޓަކުން ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން ފުލުހުން އެބޯޓަށް އަރައި ބަލައި ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކުރަމް ބަނދަރުން ފުރައިގެން ހިތަދޫ ސަރައްދީ ބަނދަރަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ހުއްޓުވުމަށް ފަހު އެވެ.
ފާރަގެމައާ އެކު ފުލުހުން އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 2.2 ކިލޯގެ ތަކެތި ފެނިފައި ވަނީ އެބޯޓުގެ ކޮޓަރިއެއްގެ ތެރެއިންނެވެ.
މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެ އެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އަންނަނީ ތަހްޤީޤް ކުރަމުންނެވެ.