ދެކުނު ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 9:00-12:00 އަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
އެ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ކޮޅިގަނޑުތަކުގައި 30-40 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެ އާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއިދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Actual Alert for Southern Atolls with Yellow Alert – Continuous Heavy Rain priority Heavy Rain issued by NDMC at 2016-11-05 04:07:46
— Addu City Council (@AdduCityCouncil) November 5, 2016
މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު އެހެން ހިސާބުތަކަށް ގަޑިއަކު 6-16 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދެކުނުގެ ކަނޑުތައް ގަދަވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.