ބޭރު ގައުމުތަކުގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ފުރުސަތު ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ލިބުމަކީ އެއްގޮތަކަށް ވެސް އާ ކަމެއް ނޫނެވެ.
ހިންދީ ފިލްމުތަކަކީ އަބަދު ވެސް ބޭރު ގައުމުތަކުގެ ހިތްގައިމު މަންޒަރުތަކުގައި ޝޫޓް ކުރަން އިސްކަން ދޭ ފިލްމުތަކެކެވެ. އެގޮތުން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަކަށް ވާނީ ސްވިޒްލަންޑެވެ.
ހާއްސަކޮށް ލޯބީގެ ފިލްމެއް ނަމަ، އެ ފިލްމެއްގެ ލަވަތައް އެ ގައުމުގެ ހިތްގައިމު ފެހި ވާދީތަކާއި ފަރުބަދަތަކުގެ ހިތްގައިމުކަމާ އެކު ދައްކުވައި ދޭން ޑައިރެެކްޓަރުން ބޭނުންވެ އެެވެ.
މިހާރު ވަނީ ސްވިސްގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ފުރުސަތު އެކްޓަރު ރަންވީރު ސިންގް އަށް ލިބިފަ އެވެ. މި އަހަރުގެ ކުރީކޮޅު އޭނާ ސްވިސް އަށް ކުރި ދަތުރެއްގައި ވަނީ ފޮޓޯތަކާއި ވީޑިއޯތަކެއް ނަގަިއ ފޭނުންނާ ހިއްސާކޮށްފައިވެ އެވެ.
މިކަމާ އެކު، ރަންވީރު މި ވަނީ ރަސްމީކޮށް ސްވިސްގެ ޓޫރިޒަމް އިޝްތިހާރު ކުރަން ކަނޑައެޅި ބްރޭން އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
Couldn't be happier to become the brand ambassador for Switzerland Tourism ! I truly am #InLOVEwithSWITZERLAND @MySwitzerlandIN pic.twitter.com/uMkv09WmWF
— Ranveer Singh (@RanveerOfficial) November 4, 2016
އޭނާ ވަނީ މިކަން ޓްވިޓާގައި ވެސް ވަރަށް އުފަލުން ހުރެ ފޭނުންނާ ހިއްސާކޮށްފަ އެވެ.
ރަންވީރަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭނާ އަންނަނީ ސަންޖާ ލީލާ ބަންސާލީ އާ އެކު މަަަސައްކަތް ކުރާ ތިން ވަނަ ފިލްމް "ޕަދްމާވަތީ" ގެ މަސައްކަތް ކުރަމުންނެވެ.
އަދިތިޔާ ޗޯޕްޅާ ޑައިރެކްޓްކޮށް، ރަންވީރާއި ވާނީ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "ބޭފިކްރޭ" އަންނަަ މަހުގެ 9 ގައި ސިނަމާތަަކަށް އަންނާނެ އެވެ.