Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

މަރަދޫ ސްޓޭޑިއަމްގެ ލައިޓްޕޯސްޓް ވެއްޓި ދާނެ، ސަމާލުވޭ!

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގެ ލައިޓް ޕޯސްޓްތަކުގެ ތެރެއިން ބޮޑު މަގާ ދިމާއަށް އިން ލައިޓް ޕޯސްޓް މިހާރު ހުރީ މަގާވީ ފަރާތަށް އަރި އަޅާލައިފަ އެވެ.

އެހެންވެ އެ ސަރަހައްދު މިހާރު ފުލުހުން ވަނީ ބަންދު ވެސްކޮށްފަ އެވެ.

ލައިޓް ޕޯސްޓް އަރި އަޅާލައިފައިވާ އިރު، އޭތި މިހާރު ނުވެއްޓި އިނީ ސްޓޭޑިއަމްގެ ފެންސްގެ ސަބަބުންނެވެ.

vjhb

އެނގިފައިވާ ގޮތުގައި މި ލައިޓް ޕޯސްޓް އަރިއަޅާލީ އައްޑު އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވަރަށް ބޮޑަށް ވައި ގަދަވުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް އޭތި ވެއްޓުމުގެ ކުރިން ނަގަން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

މަރަދޫ ކައުންސިލަރު އަދި އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) އަށް ގުޅާލުމުން، ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ވެސް އަދި ލިބޭ ގޮތެއް ނުވެ އެވެ.

fhg

އެހެން ނަމަވެސް ޕޯސްޓް މިހާރު ހުރީ ނުރައްކާތެރި ފައްތަރެއްގަ އެވެ. އެ ސަރަހައްދަކީ އާންމުން ވެސް އުޅޭ ސަރަހައްދަކަށްވާތީ އެކަމަށް ސަމާލުކަން އާންމުން ވެސް ދޭން ޖެހެ އެވެ.

ނުރައްކަލަކުން ސަލާމަތް ވާނީ އޭރުންނެވެ.