Last Updated: November 25, 14:49
Monday, November 25, 2024
މުނިފޫހިފިލުވުން

އަކްޝޭ "ޓޮއިލެޓް" އަށް ވަދެއްޖެ

އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅޭ ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" ގެ މަސައްކަތް ފަށައިފި އެވެ.

އަކްޝޭ އާ އެކު އަލަށް މަސައްކަތް ކުރާ ބޫމީއަކީ 2014 ގައި ރިލީޒް ކުރި "ދަމް ލަގާކޭ ހައިޝާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

އެ ފިލްމުގައި އޭނާ ވަރަށް ފަލަ އަންބެއްގެ ރޯލުން ފެނިގެން ދިޔަ ނަމަވެސް، ހަށިގަނޑު ހިިއްކާލައި، ބޫމީ ވަނީ އޭނާގެ ބައްޓަން ރީތިކޮށްފަ އެވެ.

gjh

"ޓޮއިލެޓް" އަކީ ޝްރީ ނަރަޔަން ސިންގް ޑައިރެކްޓް ކުރާ ލޯބީގެ ފިލްމެކެވެ.

މި ފިލްމަކީ އަކްޝޭގެ "ސްޕެޝަލް 26" އާއި "ރުސްތުމް" ގެ ޕްރޮޑިއުސަރު ނީރަޖް ޕާންޑޭ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

"ޓޮއިލެޓް" ގެ މަސައްކަތް ނިންމާފައި، އަކްޝޭ ދެން ފަށާނީ ނީރަޖް ދެން ޑައިރެކްޓް ކުރާ ފިލްމް "ކްރެކް" ގަ އެވެ.