Last Updated: May 4, 09:07
Sunday, May 4, 2025
ސިޔާސީ

"ދައުލަތުގެ މުދާ ބޭނުން ކުރި މައްސަލަ ބެލެން ޖެހޭ"

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް 'އަސްލު' ނަމުގައި ބޭއްވުނު ޖަލްސާއަށް ދައުލަތުގެ މުދާ ބޭނުން ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި އެމައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އައި މީހުންނަށް ފައިސާ ދީފައިވާކަން ސަރުކާރުގެ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާއިރު އެފައިސާއަކީ ކޮން ގޮތަކުން ހޯދައި ބެހި ފައިސާއެއް ކަން ހާމަ ކުރަން ޖެހޭނެ ކަމަށާއި ޖަލްސާއަށް ހާޒިރުވުމަށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒިފުންނަށް ކަނޑައެޅިގެން އަންގައި ބިރު ދައްކާފައިވާ ވުން މައުމޫން ވަނީ ކުއްވެރިކޮށްފައެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ރައްޔިތަކަށް ބިރު ދެއްކިގެން ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރައްޔިތުންނަށް ލިބިފައިވާ މިނިވަން ހައްގެއް ކަމަށް ބުނެ މައުމޫން ވަނީ ސަރުކާރުގެ މިއަމަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

tyugjhk

އަދި ހަމައެހެންމެ ޖަލްސާ ތައްޔާރުކުރުމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައްވެސް ބޭނުންކޮށްފައިވާ ކަމަށާއި އެއީވެސް ކުރެވިގެންވާނޭ ކަމެއް ނޫން ކަމަށްބުނެ ފިޔަވަޅު އެޅުމަށް މައުމޫން ވަނީ މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަމުން ބޭބޭފުޅު މައުމޫން ޖަލްސާގައި ނެތުމުން ދެރަވާފަދަ ގޮތަކަށް ވާހަކައިގައި އަލިއަޅުވާފައިވާއިރު މައުމޫން ވަނީ ދައުވަތު ނުދެއްވައި، އަދި ދައުވަތު ނާރުވާނެ ކަމަށް ފާޅުގައި ރައީސް ޔާމީން ފެކްޝަނުގެ މެމްބަރުން ބުނެފައިވަނިކޮށް އެމަނިކުފާނު ނެތުމުން ފަޅު ކަން އިހުސާސްވާ ކަމަށް ބުނި ބުނުމަށްވެސް މައުމޫން ވަނީ ފާޑުވިދާޅުވެފައެވެ.

އަހަރެއް ވަންދެން ރައީސް ޔާމީން، އެމަނިކުފާނުގެ އަމިއްލަ ބޭބޭފުޅު މައުމޫނާއި ބައްދަލު ނުކުރައްވައި ހުންނަވައި އެމަނިކުފާނުގެ ތާއީދު އަނބުރާ ގެންދެވުމުން މަގުދައްކަވަން ވަޑައިގަންނަވާށޭ ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވާލައްވަން ވިދާޅުވި އެއްޗެއް ކަމަށް މައުމޫން ވަނީ ސިފަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް

Khadaajaa

ރައީސް މައުމޫނު ވިދާޅުވިޔަސް މިއީ ރަގަޅު ވާހަކަ ފުޅެއް، ދައުލަތުގެ މުދާ ބޭނުން ކުރެއްވިގޮތް ބައްލަވަންޖެހޭ! އެންމެ ފުރަތަމަ، ރައީސްމައުމޫނުގެ ވެރިކަމުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރެއްވިގޮތް، ދެން ރައީސް ނަޝީދުގެ ސަރުކާރުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރިގޮތް، ދެން ރައީސްވަޙީދުގެ ސަރުކާރުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުންކުރިގޮތް، ދެން ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުގެ މުދަލާއި ތަކެތި ބޭނުން ކުރިގޮތް ބަލާ ހަދައިފިނަމަ ވަރަށްވެސް ރަގަޅުވާނެ!