Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ދޫނިދޫ ޖަލުން ގައިދީންތަކެއް ފިލަން އުޅެފި

ދާދި ދެންމެއަކު ދޫނިދޫ ޖަލު ފަޅާލައި ގިނަ އަދަދެއްގެ ގައިދީން ފިލައިފި ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ގައިދީން ފިލަން މަސައްކަތްކުރުމާއި ފުލުހުން މިހާރުދަނީ ހަރަކާތްތެރިވާންފަށާފައެވެ.

މިގޮތުން ދޫނިދޫ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންގެ އިތުރުން މާލެއިން ސްޕެޝަލް އޮޕްރޭޝަންސް ކޮމާންޑްގެ ގިނަ އަދަދެއްގެ ފުލުހުން ގޮސް މިހާާރު ފިލާފައިވާ ގައިދީން ހޯދުމުގެ މަސަައްކަތް ކުރިއަށް އެބަދެއެވެ.

ފުލުހުންގެ މީޑިއާގައި ބުނެފައިވަނީ

"ނޮވެމްބަރ 7 ވަނަ ދުވަހުގެ ރޭ 3:05 ހާއިރު ދޫނިދޫގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލް ފެސިލިޓީ ގޮޅިއެއްގެ ތަޅު ހަލާކުކޮށްގެން މީހަކު ނިކުމެ، އިތުރު ގޮޅިތަކުގައި ތިބި ބަޔަކު ފިލުވަން ވަނީ މަސައްކަތްކޮށްފައި. މިކަން ކޮންޓްރޯލް ކުރެވި، މީހުން އަލުން ގޮޅިތަކަށް ވައްދައި، ކަސްޓޯޑިއަލްގެ ސޭފްޓީ އާއި ސެކިއުރިޓީއަށް އަޅަންޖެހޭ، ފިޔަވަޅުތައް ވަނީ އެޅިފައި އަދި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ތިބި މީހުން އަދަދުވަނީ ޔަގީންކޮށް ހަމަކުރެވިފައި"

ފުލުހުން ބުނީ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.