Last Updated: May 14, 06:57
Wednesday, May 14, 2025
ސިޔާސީ

ހައުސިން މިނިސްޓްރީގެ ޖަލްސާއެއް ފޭދޫގައި

ހައުސިން މިނިސްޓްރީގެ ޖަލްސާއެއް ފޭދޫގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެހެން ނަމަވެސް އެއީ ކޮން އިރަކު، ކޮން ކަމަކާ ގުޅޭ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށް ނުބުނެ އެވެ.

މި ޖަލްސާގެ ބައެއް ކަންކަން އިންތިޒާމުކޮށް ދޭނެ ބަޔަކު ހޯދަން ވެސް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ފޭދޫގައި ބާއްވާ ޖަލްސާ އަށް ލެޑް ޕެނަލް، ސައުންޑް އަދި ލައިޓިން ހަދައި ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މިނިސްޓްރީ އަށް މެންދުރު ފަހު 1:00 އަށް ހާޒިރުވެ މައުލޫމާތު ސާފު ކުރުމަށް ފަހު، މި މަހުގެ 13 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު 3004353 އިން ލިބޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް

އަލިދީދީއައްޑޫސިޓީ

ތިކަމަށް ކޮލިފައިވާނީ އެއްކަލަ ބުރިޖުބަލާ ޕްލެޓްފޯމު އަޅަން ވެސް ހަވާލުކުރި ފަރާތް. ވަރަށްކުރިން ހަމަޖެހި ނިމިފައި އޮތީ ތިކަމެއް. މިހާރު ތަކެތި ބަންދުކޮށް ބޯޓަށް ބަރުކުރުމުގެ މަގުމަތީގައި. އަސްލު ވެސް ބައިވެރިވާ ތިޔަކަމެއް އޮތީ 17 ނޮވެމްބަރ ކަމަށް ލަފާކުރެވޭ. ކެމްޕެއިންގ ކުރިޔަސް މިފަހަރު ވެސް ފޭދޫ ކައުންސިލް ގޮނޑި ވެސް ހަމަ އެމްޑީޕީއަށް އިންޝާﷲ.