Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

"އައްޑޫ ސިޓީ އެވޯޑް" އަށް ފުރުސަތު ހުޅުވާލައިފި

އަންހެނުންގެ ކޮމިޓީން މިއަހަރު ދިން ކަނބައިދި އެވޯޑް ލިބުނު މީހަކާ އެވޯޑް ހަވާލު ކުރަނީ.

ތަފާތު ދާއިރާތަކުން އައްޑު އަށް އަގުހުރި ހިދުމަތްތަކެއްކޮށް ދީފައިވާ މީހުންގެ ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދޭން ނިންމާފައިވާ "އައްޑޫ ސިޓީ އެވޯޑް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން އަލަށް ތައާރަފު ކުރާ މި އެވޯޑަކީ އެކި ދާއިރާތަކުން އައްޑު އަށް ރީތި ނަމާއި ފަހުރާއި ޝަރަފު ހޯދައި ދީފައިވާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި ހިތްވަރު ދިނުމުގެ ގޮތުން ދޭން ނިންމި އެވޯޑެއް ކަމަށް ކައުންސިލުން ބުންޏެވެ.

"އައްޑޫ ސިޓީ އެވޯޑް 2016" ދޭން ނިންމާފައި ވަނީ ހަތަރު ގިންތިއަކަށް ބަހާލައިގެންނެެވެ.

އޭގެ ތެރޭގައި ހިމެނެނީ ޝަރަފްވެރިކަމުގެ އިނާމު، ޚިދުމަތުގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު އަދި މަތީ ދަރަޖައިގެ އިނާމެވެ.

މި ގިންތިތަކުން އެވޯޑަށް ކުރިމަތިލުުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ ފޯމާއި ގަވައިދު ކައުންސިލް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

މީގެ އިތުރުން ފޯމް ކައުންސިލް އިދާރާ އިން ވެސް ދޫކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް

Anonymous

Pls add a link of forms