Last Updated: November 25, 14:49
Monday, November 25, 2024
މުނިފޫހިފިލުވުން

ކުމްކުމް އެނބުރި އަތުވެއްޖެ

ހިންދީ ޑްރާމާތައް ބަލާ މީހުންގެ މެދުގައި ޖޫހީ ޕަރްމަރް ނުވަތަ މަޝްހޫރު ނަމުން ނަމަ ކުމްކުމްއަކީ ނިކަން މަޝްހޫރު ތަރިއެކެވެ.

އެކަމަކު ސްޓާ ޕްލަސް އިން މީގެ އަހަރުތަކެއް ކުރިން ދެއްކި އެ ޑްރާމާ އަށް ފަހު، ކައިވެނިކޮށް ދަރިއަކު ވެސް ލިބުނު ފަހުން ޖޫހީ، 35، ހުރީ ޓީވީ ސިލްސިލާތަކާ ވަރަށް ދުރުގަ އެވެ.

އެހެން ނަމަވެސް އޭނާގެ ފޭނުން މިހާރު އުފާ ކުރާނެ އެވެ. ޖޫހީ މުހިއްމު ރޯލެއް ކުޅެފައިވާ ޑްރާމާ ސިލްސިލާއެއް ކަލާޒް ޗެނަލުން މިހާރު އަންނަނީ ދައްކަމުންނެވެ.

fgh

އެއީ މިދިޔަ ހަފުތާގައި ދައްކަން ފެށި "ޝާނީ" އެވެ. މިއީ ހިންދީ ދީނުގެ ގަދީމީ ގަބޫލު ކުރުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑްރާމާއެެކެވެ.

ޑްރާމާގައި ޖޫހީ ކުޅެނީ ސަންގިއާ ކިޔާ ތިން ކުދިންގެ މަންމައެއް، އެހެން ނަމަވެސް ވަރަށް ޝާހީ ގޮތްގަނޑު ބޮޑު ރޯލެކެވެ.

އެ ރޯލާ ބެހޭ ގޮތުން އޭނާ ބުނީ ޒަމާންގަނޑަކަށް ފަހު، އެނބުރި ޓީވީ ސްކްރީނަށް އައި އިރު "ޝާނީ" އަކީ އެނބުރި އަންނަން އެންމެ ރަނގަޅު ޑްރާމާ ކަމަށެވެ.

އެހެންވެ ވަރަށް އުފަލުން ހުރި ކަަމަށް އޭނާ ބުންޏެވެ.