ގަން އިންޓަނެޝަނަލް އެއާޕޯޓަށް ބައިނަލްއަގްވާމީ ޝެޑިއުލް ދަތުރުތައް ފަށަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވެސް މިހާރު ތައްޔާރު ކަމަށް އެތަނުން ބުނެފި އެވެ.
މިކަން ކަސްޓަމުން ހާމަ ކުރީ އެތަނުން ކުރި ޓްވީޓެއްގަ އެވެ.
ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އަންނަ މަހުގެ އެކެއްގައި ފަށަން ތައްޔާރުވަމުން ދަނިކޮށް، އެ އެއާޕޯޓް އަދި އިންޓަނެޝަނަލް ފްލައިޓްތަކަށް ތައްޔާރު ނޫން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވަނިކޮށް، އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަން ވެސް ގަމަށް އިންޓަނެޝަނަލް ޝެޑިއުލް ފްލައިޓް ބާއްވާން ތައްޔާރު ކަމަށާއި އޭގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
Customs is ready to receive international passengers at the Gan International Airport. @MaldivianAero @ashahyr @sto_mkt @ImmigrationMV
— Maldives Customs (@CustomsMv) November 15, 2016
ސްރީ ލަންކަން އެއާލައިންސުން އަންނަނީ ފޭދޫގައި ޓިކެޓިން އޮފީހެއް ވެސް ހުޅުވައި، ރިޒަވޭޝަން ހަދައި ދެމުންނެވެ.
މިހާރު ބެލެވޭ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހު ގަމުގެ އާ ރަންވޭ އާއި ސީ ޕްލޭން ބޭސް ހުޅުވާނީ ސްރީ ލަންކަން އެއާލައިންސްގެ ފުރަތަމަ ދަތުރާ އެކުގަ އެވެ.
އާ ރަންވޭ އާއި ސީ ޕްލޭން ބޭސް ކުރިން ހުޅުވަން އޮތީ މިއަދު އެވެ.