އައްޑު އަށް މި ފަހަރު ވެސް ދޭން ނިންމީ އެންމެ 18 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެއިން ދެވޭނީ ކިރިޔާ މުވައްޒަފުންގެ މުސާރަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.'
މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅު ވިދާޅުވީ މި އަހަރު ކައުންސިލްގެ ބަޖެޓުގެ ގޮތުގައި 18.19 މިލިއަން ރުފިޔާ ދިން އިރު މި އަހަރު ދޭން ނިންމީ 18.10 މިލިއަން ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބަޖެޓުގެ ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ 15 މިލިއަން ރުފިޔާ ކަމަށެވެ.
އެހެން ނަމަވެސް ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތަށް އެކަނި ވެސް 18 މިލިއަން ރުފިޔާ ވަރު ހަރަދުވާނެ ކަމަށް ވެސް އެވެ.
އެހެންވެ ބަޖެޓު ބޮޑުކޮށް ދޭން ސަރުކާރުގަައި އެދިފައި ވާނެ ކަމަށް ސޯބެ ވިދާޅުވި އެވެ.
"ފަނަަރަ މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ނިންމުމުން ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފައިނޭންޝަލް ކޮންޓްރޯލާއި ބައްދަލު ކުރިން. އަދި ބަޖެޓު ކުޑަކުރުމުން ދިމާވާ މައްސަލަތަކާއި ކައުންސިލުން ބޭނުންވާ ގޮތްތަކެއް ވެސް ހުށަހެޅިން" ސޯބެ ވިދާޅުވި އެވެ. "އޭގެ ފަހުން މިހާރު މިއޮތް 18 މިލިއަން ރުފިޔާ ވެސް ބަޖެޓްގައި އެ ޖެހީ. އެކަމަކު މިއީ ހަމައެކެނި މުސާރަ ދެވޭ ވަރުގެ ބަޖަޓެއް. ތަރައްގީ އާ ގުޅުން ހުރި އެއްވެސް ކަމެއް މި ބަޖެޓަކުން ނުކުރެވޭނެ."
ތަރައްގީ އާ ގުޅޭ އެއްވެސް ކަމަކަށް އައްޑޫ ސިޓީ ކައުންސިލަށް ބަޖެޓް ނުދިން ނަމަވެސް އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓްގައި ވަނީ 262 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.