ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ މޯލްޑިވްސް ބްލައިންޑް އެސޯސިއޭޝަންގެ މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލު ކުރުމުގެ ހިދުމަތް ދޭން ދިރާގުން ނިންމައިފި އެވެ.
މިކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއި ވެސް ކޮށްފަ އެވެ.
ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ސީއީއޯ ކުރެއްވީ އެ ކުންފުނީގެ އިސްމާއިލް ރަޝީދާއި ސީއެމްއޯ އިޒަބެލް ހަޖްރީ އެވެ.
ޖަމިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު މާޒިން އާއި އެ ޖަމިއްޔާގެ އެމްބެސެޑަރު މަރިޔަމް ވަހީދާ އެވެ.
ލޯފަން ކުދިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު މާޒިން ވިދާޅުވީ ޖަމިއްޔާގެ ގިނަ މަސައްކަތްތަކެއް މި ވަގުތު ކުރަމުންދަނީ ގިނަ ފޯނު ކޯލްތަކެއްކޮށްގެން ކަމަށާއި، އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ މިހިދުމަތުގެ ސަބަބުން ޖަމިއްޔާއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
އަދި ހުރިހާ މެންބަރުން އެއްތަނެއްގަައި ނެތް ކަމަށް ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް ކޮންފަރަންސް ކޯލްގެ ސަބަބުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އިސްމާއީލް ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމިއްޔާއަށް ވެވެން އޮތް ވަރަކުން އެހީތެރިކަން ދިރާގުން ފޯރުކޮށް ދެއްވާނެ ކަމަށެވެ.