Last Updated: November 25, 14:49
Monday, November 25, 2024
މުނިފޫހިފިލުވުން

މުކޭޝް މަރުވެފައި އޮއްވައި ފެނިއްޖެ

"ރާމަޔަނާ" ފަދަ މަޝްހޫރު ޓީވީ ސިލްސިލާތަކުން ފެނިފައިވާ އެކްޓަރު މުކޭޝް ރާވަލް ރޭލު ސްޓޭޝަނެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ 66 އަހަރުގެ އެކްޓަރު ފެނުނީ މުމްބާއީގެ ކަންޑިވާލީގެ ރޭލު ސްޓޭޝަންގެ ރޭލު ޓްރެކެއްގެ މަތީގައި ވަރަށް ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި އިއްޔެ ހެނދުނު ކަމަށެވެ.

އޭނާ މަރުވި ކަމަށް ލަފާކޮށްފައި ވަނީ ޓްރެކް ހުރަސް ކުރަނިކޮށް ރޭލުން ޖެހިފައި ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މުކޭޝް މަރުވިކަން އެނގުނީ އޭނާގެ ގެއިން ނިކުތް ގޮތަށް ހަބަރެއް ނުވެގެން، ދަނބިދަރިފުޅު ނިކުމެ ހޯދަމުން ދަނިކޮށެވެ.

vmbn

ހޯދަމުން ދަނިކޮށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ހަށިގަނޑެއް ރޭލް ޓްރެކް މަތިން ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އެއީ މުކޭޝްކަން ކަށަވަރުވި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ގިނަ އަދަދެއްގެ ގުޖުރާތީ ފިލްމާއި ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ މުކޭޝް މަރުވި އިރު، އޭނާ ދިޔައީ "ނަސް ނަސް މޭ ޙުއްނަސް" ކިޔާ ގުޖުރާތީ ޓީވީ ސިލްސިލާއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

މުކޭޝް ފެނިފައިވާ ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި ސަލްމާން ހާންގެ "އައުޒާރް"، އަމީތާބް ބައްޗަންގެ "މިރްތިޔޫދާތާ" އަދި ރަވީނާ ޓަންޑަންގެ "ސައްތާ" ހިމެނެ އެވެ.