Last Updated: November 24, 08:46
Sunday, November 24, 2024
ޚަބަރު

މީދޫ ފަރު ގޮއްވީ ގެއްލުން އެންމެ ކުޑަވާ ގޮތަށް!

މީދޫ ގޮއްވަން ހުއްދަ ދިނީ ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް އެކަން ކުރުމަށް ޝަރުތު ކުރުމަށް ފަހު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ އޮތް ޗެނަލްގެ ނެރު ކެނޑުމަށްޓަކައި ފަރު ގޮއްވުމުގެ ހުއްދަ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ހުކުރު ދުވަހު ވަނީ ފަރު ގޮއްވަން ފަށާފަ އެވެ.

މިކަމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މީދޫގައި ނެރެއް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ގޮއްވުމަށް ހުއްދަ ދިން ތަނަކީ ޖުމްލަ ފަރުގެ ސަރަހައްދަށް ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.

gjh

އެގޮތުން އެއީ ދިގު މިނުގައި 25 ކިލޯމީޓަރު ހުރި ފަރުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ބަޔާނުގައި ބުންޏެވެ. މިނިސްޓްރީން އަދި ބުނީ މިކަން ކުރުމަށް ހުއްދަ ދިނީ، ކުރިން ގެންގުޅުނު ހަރުދަނާ އުސޫލުތައް ދޫކޮށްލައި އާއްމުކޮށް ފަރުތައް ގޮއްވުމަށް ނޫން ކަމަށެވެ.

ބަޔާނުގައި އަދި ބުނީ ނެރު ކެނޑުމުގެ މަސައްކަތަކީ، މަސް ދޯނިފަހަރާއި ކަނޑުގެ އުޅަނދު ދަތުރު ކުރަން ޖެހޭ ރާސްތާ ކުރުވެ، ތެލުގެ ހަރަދު އެތައް ގުނައެއް ކުޑަވުން ފަދަ ފައިދާތަކަށް ވިސްނައި އެރަށުގެ މީހުންގެ އެދުމުގެ މަތިން ޑިޒައިންކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ނެރު ގޮއްވުމުން އެ ސަރަހައްދުގެ މާހައުލަށް ކުރާނެ އަސަރުތައް ދިރާސާ ކުރުމަށް މިނިސްޓްރީން ކުރިން އެންގި އެވެ.

ghb

"މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް މީދޫގައި ނެރު ގޮއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ އަލި މަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވުމާއެކު، ކަމުގެ މުހިއްމު ކަމުގެ މައްޗަށް ރިއާޔަތްކޮށް އެ މަސައްކަތުން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނޭ ފަދަ ގޮތަކަށް އެކަން ކުރުމަށް ޝަރުތު ކޮށްފަ އެވެ،" ބަޔާނުގައިވެ އެވެ.

ތިމާވެށީގެ ގޮތުން ނާޒުކު ވެއްޓެއް ލިބިފައިވާ ރާއްޖޭގައި މީގެ 10 އަހަރު ކުރިން ފެށިގެން ވަނީ ފަރު ގޮއްވުން ރަސްމީކޮށް ހުއްޓާލައިފަ އެވެ.