Last Updated: November 25, 11:20
Monday, November 25, 2024
ޚަބަރު

"ހިމާތްކޮށްފައިވާ ދޫނި ހިފާ ނަމަ ފިޔަވަޅު އަޅާނަން"

ރާއްޖެ އަށް ހިޖުރަ ކުރާ ދޫނިތަކުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި، ހައްޔަރުކޮށް، އަދި ގޯނާ ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިޖުރަ ކުރާ ދޫނިތަކަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށެވެ.

އެހެން ނަމަވެސް ކޮންމެ އަހަރަކު މި ދުވަސްވަރު ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނިތައް ހިފައި، ހައްޔަރުކޮށް، ދޫނިތަކަށް ގޯނާ ކުރަމުންދާތީ އެކަމާ ކަންބޮޑުވެ، ހިތާމަ ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އީޕީއޭ އިން ބުނީ ދޫނިތަކަށް ގޯނާކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި، ރާއްޖެ އަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.

vbn

އެގޮތުން ހިމާޔަތްކޮށްފައިވާ އަދި ހިޖުރަކުރާ ދޫނި ހިފާ ފަރާތްތައް މި ދެ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ބަޔާނުގައި އަދި ބުނީ މިދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ހިޖުރަ ކުރާ ދޮންދޫންޏާއި މި ބާވަތުގެ ހުރިހާ ދޫންޏަކީ ވެސް މަދިރި ކޮންޓްރޯލް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ދޫނިތަކެއް ކަމަށެވެ.

vjh

އެހެންވެ މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށް ދިނުމުގައި މިފަދަ ދޫނިތައް އަދާ ކުރާ ދައުރު މުހިއްމުކަމުން އެފަދަ ހުރިހާ ބާވަތެއްގެ ދޫނިތައް ހިފުމާއި، އެއަށް ގޯނާ ކުރުމުން ދުރުހެލިވުމަށް ވެސް އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.