އައްޑޫގެ މަންމަނު ޒުވާނުންނަށް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އިން އެހީތެރިކަން ދިނުމަށް އެއްބަސްވެވުމަކަށް އާދެވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ އައްޑޫގައި ތިބި މަންމަނު މީހުން މެދުވެރިކޮށް ޝަންގްރިއްލާ އަށް ސީފުޑްގެ ބާވަތްތައް ހޯދުމަށް އެ ރިސޯޓާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވަ ކަމަށެވެ.
ޓޮމް ވިދާޅުވީ ކައުންސިލާއި ރިސޯޓްގެ މެނޭޖްމަންޓާ ދެމެދު ވާހަކަ ދައްކައިގެން އެއްބަސް ވެވުނީ ރިސޯޓަށް ބޭނުންވާ ސީފުޑްގެ ކުޑަކުޑަ ޕަސެންޓެއް ނަމަވެސް އެމީހުން އަތުން ނެގުމަށެވެ. އަދި އެގޮތަށް އެފަ ރާތުން އެއްބަސްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިއްސާއި އެ ނޫން ވެސް ސީފުޑްގެ ބާވަތްތައް ގަވައިދުން ނަގައި އެ ވިއްކައިގެން އާމްދަނީ ހޯދާ، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން އައްޑޫގައި އުޅޭ ކަމަށެވެ. އަދި އެފަދަ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކޮށް ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވެސް ތޮއްޔިބް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލާއި ޝަންގްރިއްލާ އާ ގުޅިގެން މި ފަދަ ކަމެއްް އިންތިޒާމް ކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.