Last Updated: November 28, 12:48
Thursday, November 28, 2024
ރިޕޯޓް

އެންޓިބައޮޓިކް ކާ ނަމަ ކެއުން ރަނގަޅު ނޫން ކާ އެއްޗެހި

1. ޔޯގަޓް ފިޔަވައި ކިރުގެ އެހެނިހެން ބާވަތްތައް

jh

ކިރު އަދި ކިރު ހިމެނިގެންވާ ޕްރޮޑަކްޓްތައް ބުއިމުން އެންޓިބައޮޓިކްއިން ކޮށްދޭން ޖެހޭ އަސަރުތަކަށް ބުރޫ އަރާނެއެވެ. އޭގެ ސަބަބުން ބޭރަށް ހިނގުން އެކަށީގެންވެއެވެ. ބޭރަށް ހިނގުމަކީ އެންޓިބައޮޓިކް ކެއުމުގެ ސައިޑް އިފެކްޓްއެކެވެ.

2. އެސިޑް ހުންނަ އެއްޗެހިVariety of fruits

ޓޮމާޓޯ، ލުނބޯ، ޗޮކްލެޓް އަދި ކޯކްއާއި ޕެޕްސީފަދަ ޤުދުރަތީ ގޮތުން އެސިޑް އެކުލެވިގެންވާ އެއްޗެހި ކައިބޮއެ އުޅުމަކީ އެންޓިބައޮޓިކް ހަށިގަނޑުގެ ތެރެއަށް ނަގައިދޭ މިންވަރު ލަސްކޮށްދޭ ކަމަކެވެ. އޭގެ ސަބަބުން މީހާ ރަނގަޅުވުން ލަސްވާނެއެވެ.

3. ގިނައިން ފައިބަރު ހުންނަ ކާއެއްޗެހި

25-healthy-high-fiber-foods-type

މުގު، ހޯލް ގްރެއިން، ތޮޅި އަދި ބްރޮކޮލީފަދަ ފައިބަރު ގިނައިން ހިމެނިގެންވާ އެއްޗެހިއަކީ އާންމުކޮށް ވަރަށް ފައިދާ ކުރުވަނިވި އެއްޗެހިއެވެ. އެހެންނަމަވެސް، އެންޓިބައޮޓިކް ކާނަމަ، ފައިބަރު ގިނައިން ހުންނަ އެއްޗެހި ކެއުމުން ބަނޑުގައި ކާއެއްޗެހި އެބްސޯބްކޮށްދޭ މިންވަރު ދަށްވެ، އެންޓިބައޮޓިކްވެސް ހަށިގަނޑަށް ނަގައިދޭ މިންވަރު ދަށްވެގެން ދެއެވެ.

4. އަޔަން އަދި ކެލްސިއަމްގެ ބާވަތްތައް

casuppl2

އަޔަން އަދި ކެލްސިއަމް ހުންނަ ކާއެއްޗެހި ކެއުމުން އެންޓިބައޮޓިކް ހަށިގަނޑަށް ނަގައިދިނުމުގައި ދަތިތަކެއް ދިމާވެއެވެ. އެދެވިގެންވާ ގޮތަކީ އަޔަންއާއި ކެލްސިއަމް ހިމެނިގެންވާ ބާވަތްތައް ކެއުމާއި އެންޓިބައޮޓިކް ކެއުމާއި ދެމެދު މަދުވެގެން ތިން ގަޑިއިރު ހޭދަކުރުމެވެ.

5. ބަރު ކާއެއްޗެހިtimthumb

އެހާ ބަރު ކާއެއްޗެހި ކެއުމަކީ ބޭސްތައް ހަށިގަނޑަށް ނަގައިދޭ މިންވަރު ލަސްކޮށްދޭ ކަމެކެވެ. އެއީ އޭގެ ސަބަބުން ހަށިގަނޑުގެ ހަޖަމްކުރުމުގެ ނިޒާމަށް އަސަރު ކުރާތީއެވެ. ބަރު އެއްޗެހިއަކީ ހަޖަމްވުމަށް ގިނައިރު ނަގާ އެއްޗެހިއެވެ. އަދި ހަމަ އެހެންމެ އެންޓިބައޮޓިކް ހަށިގަނޑަށް ނަގައިދިނުމާއި، ޝިފާލިބުން ލަސްކޮށްދޭ ކަމެކެވެ.

6. ކާންވީ އެއްޗެހި

probiotic-yogurt

އެންޓިބައޮޓިކް ކައި އުޅޭ ދުވަސްވަރު ކެއުން އެންމެ ރަނގަޅުވާނީ ޔޯގަޓް، އަސާރަ، ޕްރޯބައޮޓިކް ކިރު، ޕްރޯބައޮޓިކް ބޭސް ނުވަތަ ޕައުޑަރެވެ. ކޭލް، ސްޕިނެޗް އަދި ފިޔާފަދަ ނިއުޓްރިއެންޓްތަކާއި އެންޓި އޮކްސިޑެންޓްތައް ގިނައިން ހިމެނިގެންވާ އެއްޗެހި ކާށެވެ. އަދި ފާމެންޓްކޮށްފައިވާ ކެބެޖު، އެލްމަންޑް، ލޮނުމެދު އަދި ޒިންކް އިން ފުރިގެންވާ ބަރަބޯ އޮށްފަދަ ޕްރީބައޮޓިކް އެއްޗެހި ކެއުން ރަނގަޅު ވާނެއެވެ.