Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

އެޗްއާރްއެޗްގައި ބްލަޑް ބޭންކެއް ގާއިމުކޮށްފި

ބްލަޑް ބޭންކެއް ގާއިމުކޮށް، އެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ 32 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބްލަދް ބޭންކެއްގެ ހިދުމަތް ފެށި ނަމަވެސް. ހިދުމަތް ފުޅާކޮށް، ފުރިހަމަ ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް އެޗްއާރްއެޗުން ބުންޏެވެ.

އެތަނުގައި ބްލަޑް ބޭންކެއް ގާއިމުކޮށްފައި މި ވަނީ އެ ހިދުމަތް ވަރަށް މުހިއްމު ކަމަށް ބުނެ އައްޑޫގެ ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން ދަނިކޮށެވެ.

vggjh

ހޮސްޕިޓަލުން ބުނީ ލޭ ނަގައި ރައްކާ ކުރުން ފަދަ ހިދުމަތް ދޭން ފަށާނީ ޑޯނާސް ލިސްޓެއް އެކުލަވާ ލުމަށް ފަހު ކަމަށެވެ.

އެޗްއާރްއެޗުން ބުނީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބްލަޑް ބޭންކުގައި ލޭ ރައްކާ ކުރަން ފަށާނެ ކަމަށެވެ.

އަހަރީ ދުވަހާ ދިމާކޮށް ހޮސްޕިޓަލްގައި މިހާރު ވަނީ ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ހާއްސަ ކްލިނިކެއް ވެސް ގާއިމުކޮށްފަ އެވެ.