Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

ކިއުބާގެ ކުރީގެ ރައީސް ކާސްޓްރޯ އަވަހާރަވެއްޖެ

ކިއުބާގައި ދިގު ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް އަދި ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ފިޑެލް ކާސްޓްރޯ މިއަދު އަވަހާރަވެއްޖެ އެވެ.

ކާސްޓްރޯ އަވަހާރަވި އިރު، އުމުރުފުޅަކީ 90 އަހަރެވެ.

ކާސްޓްރޯ އަވަހާރަވިކަން ކިއުބާސް ރަސްމީ ޓީވީން މިއަދު އިއުލާން ކުރި ނަމަވެސް، މިހާތަނަށް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މިހާރު ކިއުބާގައި ވެރިކަން ކުރަމުން އަންނަނީ ކާސްޓްރޯގެ ކޮއްކޯފުޅު ރައުލް ކާސްޓްރޯ އެވެ. އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2008 ގަ އެވެ.

ކޮއްކޯފުޅު ރައުލް އާ ކިއުބާފެ ވެރިކަން ކާސްޓްރޯ ހަވާލު ކުރެއްވީ، ސިއްހީ މައްސަލަތަކަކާ ގުޅިގެންނެވެ.

ކާސްޓްރޯ ކިއުބާގެ ރައީސްކަމަށް ވަޑައިގެންނެވީ 1959-1976 އަށް ބޮޑުވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ 1976 ގަ އެވެ.