Last Updated: November 24, 08:59
Sunday, November 24, 2024
ޚަބަރު

"އޮރެންޖް ދަ ވޯލްޑް" އައްޑޫގައި ލޯންޗްކޮށްފި

އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ހިންގާ "އޮރެންޖް ދަ ވޯލްޑް" ކެމްޕޭން އައްޑޫގައި އިފުތިތާހުކޮށްފި އެވެ.

އެ ކެމްޕޭން އައްޑޫގައި އިފުތިތާހުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ސޯޅަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ "އޮރެންޖް ދަ ވޯލްޑް" ކެމްޕޭނަކީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ފަންޑް ހޯދުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.

gh

ހިތަދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާާވިސް އާއި ވިމެންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކެމްޕޭބް ފެށުމުގެ ގޮތުން ހިތަދޫ ޔޫތް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި މޭޔަރު ވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް އިލްތިމާސްކޮށްފަ އެވެ.

ghm

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިން އޮރެންޖް ކުލައިން އަތްތިލައިގެ ފާހަގަ ޖެހުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

މިހަރަކާތުގެ މަޤްސަދަކީ އަންހެނުންނަށް އަނިޔާކު ރުމަށް އަތް އިސް ނުކުރުމަށް ބާރުއަޅައި އެކަން ރަމްޒުކޮށް ދިނުމެވެ.