Last Updated: November 25, 11:31
Monday, November 25, 2024
މީހުން

އަލީގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ދައުވާކޮށްފި

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މަރާލުމަށް ފަހު ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ އެ ރަށު އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ހިތަދޫ ބުރުނީގޭ އަލީ، 47، މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި ތިން މީހުންގެ ޝަރީއަތް މިއަދު ފަށަން ވަނީ ހަމަޖެހިފަ އެވެ.

އަލީގެ މަރާ ގުޅިގެން މޯގެ ކުރިން ވަނީ އޭނާ އަށް ބޮޑުބޭބެ ކިޔާ

ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ 39، ގެ މައްޗަށް ވެސް ދައުވާކޮށްފ އެވެ.

vjhg

އަލީ މަރާލާފައިވާ އޮއްވާ ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މާޗް 2، 2016 ވަނަ ދުވަހު ހެނދުނު އެވެ.

މި މައްސަލާގައި ފުލުހުން ބުނެފައި ވަނީ އޭނާ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ.

އަދި އެ މައްސަލާގައި ހައްޔަރު އަހުމަދު އިބްރާހީމްދީދީގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވެ އެވެ. އެ ފައިސާއަކީ އަލީގެ ފިހާރަ އިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އެވެ.