Last Updated: April 22, 09:52
Tuesday, April 22, 2025
މުނިފޫހިފިލުވުން

"ވީ ބޭވަފާ" މާދަމާ ރޭ އައްޑޫގައި

މާދަމާ ރޭ މާލޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ ދިވެހި ފިލްމް "ވީ ބޭވަފާ" އައްޑޫގައި ވެސް ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމް އައްޑޫގައި އަޅުވާނީ މަރަދޫ ބޮނޑޮގޭގަ އެވެ. ފިލްމުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. އަގަކީ 100ރ. އެވެ.

ޓިކެޓް ގަންނަން ބޭނުންވާ މީހުން ގުޅަން ޖެހޭ ނަމްބަރަކީ 7657372 އަދި 9151617 އަށެވެ.

"ވީ ބޭވަފާ" އަކީ މަހުދީ އަހުމަދާއި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ކެމެރާމަން އިބްރާހީން ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، ފާތުމަތު ފަރީލާ، ޒީނަތު އައްބާސް އަދި އަބްދުﷲ މުއާޒް (މުއާ) އެވެ.