Last Updated: November 28, 13:00
Thursday, November 28, 2024
ރިޕޯޓް

ސިއްހަތަށް ފައިދާ ހުރި ސައި

1. ރޯނގާ ރަނގަޅު ކުރުމަށް އިނގުރު ރީނދޫ ސައި

1

މިއީ ރޯނގާ ރަނގަޅު ކުރުމަށް އޮތް އެންމެ ދުވަސްވީ ފަރުވާއެވެ. މިސައި ތައްޔާރު ކުރުމަށްޓަކައި ކުޑަ މާމުއި ފޮދަކާއި، ރީނދޫ ކޮޅަކާއި، ލުނބޯ ހުތް ފޮދެއް އަދި އެއް ސައިސަމުސާ އިނގުރު (ގާނާފައި) ހޫނު ސަޔަށް އަޅާށެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް އޮތް ވަރަށް ރަނގަޅު ގޮތެކެވެ.

2. ނިދި ނައުން ރަނގަޅު ކުރުމަށް ލެވެންޑާ ސައި

Tee Lavendel - lavender tea 06

ލެވެންޑާ ސަޔަކީ ނިދި ގެނެސްދޭ އެއްޗެކެވެ. ތައްޔާރު ކުރުމަށްޓަކައި މިންޓް (އާވި) ފަތާއި ހިއްކާފައި ހުރި ލެވެންޑާ މައި ސައި ކުރައަށް އަޅާށެވެ. އެއަށްފަހު ހޫނު ފެން އޭގެތެރެއަށް އެޅުމަށްފަހު އިރުކޮޅެއް ވަންދެން ބަހައްޓާށެވެ. އަދި ނިދުމުގެ ކުރިން ބޯލާށެވެ.

3. މާބޮޑަށް ސްޓްރެސް ވާނަމަ ލުނބޯ-ބަބުނަ ސައި

472-chamomile

އޭގައި ހުންނަ ފްލެވޮނޮއިޑްގެ ސަބަބުން މުހިންމުވާ ބަބުނަ(ކެމޮމައިލް) އަކީ ނާރުގެ ނިޒާމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އޭގެ ތެރެއަށް ލުނބޯ އެޅުމުން ލިއްބައިދޭ ފައިދާ އިތުރުވެގެން ދެއެވެ. ކާސިންޖީ (ލެމަންގްރާސް)، ލުނބޯ ބާމް، ބަބުނަ އަދި ލުނބޯ ތޮށި ޖޯޑެއްގެ ތެރޭގައި އެއްކޮށްލުމަށްފަހު، އޭގެ ތެރެއަށް ހޫނު ފެން އަޅާފައި 10 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ހޫނުކަން ހުއްޓާ ސައި ބޯށެވެ.

4. ހަކަތަ ހޯދުމަށް ވިޓަމިން ސީ ސައި

4

މާބޮޑަށް ވަރުބަލިކަން އިހުސާސް ވާނަމަ މިސައި ބޯށެވެ. ދެ މޭޒުމަތީ ސަމުސާ ރޯސް ހިޕް (ފިނިފެންމާ ގަހުގެ މޭވާ)، އެއް މޭޒުމަތީ ސަބުސާ ކާސިންޖީ، ސައިމާ އަދި އެއް ދަނޑި ފޮނިތޮށި ހޫނު ކެއްކި ކެއްކި ހުރި ފެނުގެ ތެރެއަށް އަޅާލާށެވެ. ފޮނި ރަހަ ލެއްވުމަށްޓަކައި ހިކި މޭވާ އަޅާށެވެ. 10 މިނެޓް ބެހެއްޓުމަށްފަހު، ފުރާނައިގެން ބޯލާށެވެ.

5. ވިހަތައް ނައްތާލުމަށް ފިނިފެންމާ ސައި

benefits-of-rose-tea

ވިޓަމިން ސީ، ޕޮލިފީނޯލް އަދި އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ ފިނިފެންމާ ސަޔަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލަދޭ އެއްޗެކެވެ. އަމިއްލައަށް މިސައި ތައްޔާރު ކުރުމަށްޓަކައި، ހިއްކާފައިހުރި ފިނިފެންމާ ފިޔަތައް އެއް ސައިސަމުސާ ކަޅު ސަޔާއި އެއްކޮށްލާށެވެ. އެއަށްފަހު ހޫނު ފެނަށް އަޅާފައި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ބޯލާށެވެ.