Last Updated: November 25, 11:31
Monday, November 25, 2024
ޚަބަރު

ނަޝީދުގެ ޝުކުރު ޗަމްޕާ އަފީފަށް

ގަން އިންޓަނެޝަނަލް އެއާޕޯޓްސް ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ފެށުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗަމްޕާ ހަސަން އަފީފަށް ޝުކުރު އަދާ ކުރައްވައުފަ އެވެ

ގަމާއި ކޮލޮމްބޯ އާ ދެމެދު އިއްޔެ ދަތުރުތައް ފެށުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަމުގެ އެއާޕޯޓަަށް ބައިނަލްއަގްވާމީ ފްލައިޓް ޖެއްސުމުގެ މަސައްކަތް ފެށުނީ 2009 ގައި ކަމަށާއި އެއާޕޯޓް ތަރައްގީ ކުރުމުގައި ހިއްސާވި ޗަމްޕާ އަފީފަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަފީފަކީ ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް ކޮމްޕެނީ (އޭއައިއޭ) ގެ ބޮޑު ހިއްސާއެއް އޮންނަ ކާސާ ހޮލްޑިންގެ އިސްވެރިއެކެވެ.

ކާސާ ހޮލްޑިން އަށް އޭއައިއޭގެ 30 ޕަސަންޓް ހިއްސާ ވިއްކާލީ ނޮވެމްބަރު 5، 2012 ގަ އެވެ.

އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ވިއްކާލީ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހަރަދުވާނެ ކަމަށް ބަލައިގެން ކަމަށެވެ.

sri-23

އެގޮތުން ހިއްސާ ވިއްކައިގެން އެ ޕްރޮޖެކްޓަށް 200 މިލިއަން ރުފިޔާގެ އިކުއިޓީއެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

އޭއައިއޭއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އަދި ގަން އެއާޕޯޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްއެކެވެ. އެ ކޮންސޯޓިއަމް އަށް ގަން އެއާޕޯޓް ހަވާލުކޮށްފައި ވަނީ 50 އަހަރަށެވެ.