Last Updated: November 25, 09:28
Monday, November 25, 2024
ޚަބަރު

އައްޑޫގެ މައިދާންތަކުގެ އާ ނަންތައް އިއުލާންކޮށްފި

އައްޑޫގެ މުހިއްމު އެކިއެކި ކުޅިވަރު ބިންތަކާއި ޕާކްތަކާއި މައިދާންތަކަށް ނަން ދޭ ގޮތަށް ހަމަޖައްސައި، ނަންތައް ދިނުމުގެ ހިޔާލު އައްޑޫ ސިޓީ ކައުންސިލުން އާންމުންނަށް ވެސް ހުޅުވާލުމަށް ފަހު، ނަސްތަކެއް ފާސްކޮށް، އެ ނަންތައް އާންމުކޮށްފި އެވެ.

މުހިއްމު ތަންތަނަށް ނަންތައް ދޭން ނިންމައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ތަންތަނުގެ ތެރޭގައި ހިމެނެނީ ފޭދޫގެ ތިން ތަނަކާއި މަރަދޫފޭދޫގެ ތިން ތަނަކާއި މަރަދޫގެ ހަ ތަނަކާއި ހިތަދޫގެ 11 ތަނަކާއި މީދޫގެ ފަސް ތަނެއްގެ އިތުރުން ހުޅުދޫގެ ހަ ތަނެކެވެ.

* ފޭދޫގެ ތަންތަނުގެ ކުރީގެ ނަންތަކާއި އާ ނަންތައް:

ފޭދޫ ފުޓް ބޯޅަދަނޑު-ފޭދޫ ފުޓުބޯޅަ ދަޑަ

ފޭދޫ މާދެލަ ފަންނު ކުޑަކުދިންގެ ޕާކް-ފޭދޫ ކުދުކުދިންގެ ޕާކު

ފޭދޫ ވޮލީ ކޯޓް-ފޭދޫ ވޮލީ ކޯޓު

* މަރަދޫފޭދޫގެ ތަންތަނުގެ ކުރީގެ ނަމާއި އާ ނަންތައް:

މަރަދޫފޭދޫ ފުޓް ބޯޅަދަނޑު-މަރަދޫފޭދޫ ފުޓުބޯޅަ ދަޑަ

މަރަދޫފޭދޫ ފިނިމައިދާން ކުޑަކުދިންގެ ޕާކް-މަރަދޫފޭދޫ ފިނިމައިޒާން

މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް-މަރަދޫފޭދޫ ކުދުކުދިންގެ ޕާކު

* މަރަދޫ ތަންތަނުގެ ކުރީގެ ނަމާއި އާ ނަންތައް:

މަރަދޫ ވެންބޮޅޮފިށި ފުޓް ބޯޅަދަނޑު-ވެންބޮޅޮފިށި ސްޓޭޑިއަމް

މަރަދޫ ކުޑަކުދިންގެ ޕާކް-މަރަދޫ ކުދުކުދިންގެ ޕާކު

މަރަދޫ ހަންކެޑެ ސްވިމިންޓްރެކް-ހަންކެޑެ ފަތާ ސަރަހައްދު

މަރަދޫ ގަރާމުލި ޕާކް-ގަރާމުލި ޕާކު

މަރަދޫ ދަނޑިވަރި ޕާކް-ދަނޑިވަރި މައިޒާން

މަރަދޫ ވެންބޮޅޮފިށި ކުޑަކުދިންގެ ޕާކް-ވެންބޮޅަފިށި ޕާކު

* ހިތަދޫގެ ތަންތަނުގެ ކުރީގެ ނަމާއި އާ ނަންތައް:

ހިތަދޫ މަނިކުފަންނު ފުޓް ބޯޅަދަނޑު-މަނިކު ފުޓުބޯޅަ ދަޑަ

ހިތަދޫ ރަސްގެދަރު ކުޑަކުދިންގެ ޕާކް-ރަސްގެދަރި ކުދުކުދިންގެ ޕާކު

ހިތަދޫ ތޫނޑެއެޅެ ބަށިކޯޓް-ކަށިނަރި ބަށިކޯޓު

ހިތަދޫ ރަސްމީ ފުޓް ބޯޅަދަނޑު-ރަސްމީދަޑަ

ހިތަދޫ ކަސަބާ ފުޓް ބޯޅަ ދަނޑު-ކަސަބާ ދަޑަ

ހިތަދޫ ބޭރުމާތެ ކުޑަކުދިންގެ ޕާކް-ބޭރުމާތެ ކުދުކުދިންގެ ޕާކު

ހިތަދޫ ރަސްމީ ކުޑަކުދިންގެ ޕާކް-ހިތަދޫ ކުދުކުދިންގެ ބަގީޗާ

ހިތަދޫ އީދިގަލި ފުޓް ބޯޅަ ދަނޑު-އީދިގަލި ފުޓުބޯޅަ ދަޑަ

ހިތަދޫ އީދިގަލި ކުޑަކުދިންގެ ޕާކް-އީދިގަލި ކުދުކުދިންގެ ޕާކު

ހިތަދޫ ސިޓީސްކްއޭރ އާއި ކޯއްޓޭ- ސިޓީ ސްކެއާ

ހިތަދޫ ސްވިމިންގް ޓްރެކް-މަނިކު ފަންނެ ފަތާ ސަރަޙައްދު

* ހުޅުދޫގެ ތަންތަނުގެ ކުރީގެ ނަމާއި އާ ނަންތައް:

ހުޅުދޫ މާފިށި ފުޓް ބޯޅަދަނޑު-މާފީށެ ފުޓުބޯޅަ ދަޑަ

ހުޅުދޫ މެދު ފުޓް ބޯޅަދަނޑު-ހުޅުދޫ ފުޓުބޯޅަ ދަޑަ

ހުޅުދޫ ޒުވާނުންގެ މަރުކަޒު-ހުޅުދޫ ޔޫތް ސެންޓަރު

ހުޅުދޫ ޑިމިޝްކަރަ ފުޓް ބޯޅަ ދަނޑު-ވޭރާޑި ފުޓުބޯޅަ ދަޑަ

ފުޓްސަލް ދަނޑު-ހުޅުދޫ ފުޓްސަލް ދަޑަ

ހުޅުދޫ ކުޑަކުދިންގެ ޕާކް-ހުޅުދޫ ކުދުކުދިންގެ ޕާކު

* މީދޫގެ ތަންތަނުގެ ކުރީގެ ނަމާއި އާ ނަންތައް:

މީދޫ ރަސްމީ ފުޓް ބޯޅަދަނޑު-ފަގީހު މޫސާ ސްޓޭޑިއަމް

މީދޫ މުލިމަތި ފުޓް ބޯޅަދަނޑު-ބަބުރު ބޯޅަބިން

މީދޫ ޒުވާނުންގެ މަރުކަޒު-ބިއްދަރި އެކުއެނި

މީދޫ ހެރަ ފަތާ ސަރަހައްދު-ލޮނޑިކެޑެ ފެންގަނޑަ

މީދޫ ކުޑަކުދިންގެ ޕާކް-ރަންފުތު ޕާކު

ކައުންސިލުން ބުނީ މި ތަންތަނަށް ނަން ދިނީ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ގ) ގެ ދަށުން ކަމަށެވެ.