Last Updated: April 22, 09:52
Tuesday, April 22, 2025
ސިޔާސީ

ބަޔާން ނަގަން ނިޔާޒް ފުލުހަށް ހާޒިރު ކުރަނީ

މިދިޔަ ހުކުރު ދުވަހު ހަވީރު، ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމަށްފަހު ގޭބަންދުގައި ބަހައްޓާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ބަޔާން ނެގުމަށް މިއަދު ހަވީރު ފުލުސް އިދާރާއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ނިޔާޒު ފުލުހަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ ހަވީރު 4 ޖަހާއިރަށް ކަމަށެވެ.

ނިޔާޒު ފުލުންގެ ބެލުމުގެ ދަށައް ގެންދިޔައީ އެއްވުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާލައި އެސަރަހައްދުން ދިއުމަށް އެދުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.

އެމްޑީޕީން ވަނީ ނިޔާޒު ހައްޔަރު ކުރި މައްސަލަ ކުށްވެރިކޮށްފައެވެ.