އެމްއެންޑީއެފް ސަދަން އޭރިއާ އިން އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް އަމާޒުކޮށްގެން ބޮޑެތި މީހުންނަށް ފަތަން ދަސްކޮށް ދޭ ޕްރޮގްރާމެއް ފަށައިފި އެވެ.
އިއްޔެ ހަވީރު ހިތަދޫ ސްވިމިން ޓްރެކް ފެށި ޕްރޮގްރާމްގައި މަރަދޫ، ފޭދޫ އަދި ހިތަދޫން 40 މީހަކު ބައިވެރިވެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ބެކް ފްލޯޓް ކުރުމާއި ފްރޮންޓް ފްލޯޓް ކުރުމުގެ އިތުރުން ފްރީ ސްޓައިލްގަ މަދުވެގެން 25 މީޓަރަށް ފަތަން ދަސްކޮށް ދިނުން ހިމެނެއެވެ.
އަދި މި ޕްރޮގްރާމްގެ އެންމެ ފަހު ދުވަހު ބައިވެރިންނަށް ފެތުމުގެ ޓެސްޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮގްރާމްގެ ސެޝަންތައް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު ކޮންމެ ސެޝަނެއްގައި 20 ބައިވެރިން ހިމެނެ އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ އިން ކުރިއަށް ގެންދާ ފަތަން ދަސްކޮށް ދިނުމުގެ މި ޕްރޮގްރާމްގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފްގެ ސްވިންމިން އިންސްޓްރަކްޓަރުންނެވެ.