Last Updated: April 20, 17:36
Sunday, April 20, 2025
ޚަބަރު

"ހޭހަން ޕްރޮޖެކްޓް" ގެ ތަމްރީނު ފަށައިފި

"ހޭހަން ޕްރޮޖެކްޓް" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫގައި ހިންގާ ފަސް މަސް ދުވަހުގެ ޕްރޮޖެކްޓަކަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އައްޑޫގައި މިއަދު ފަށައިފި އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހޯމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ހިންގާ ޕްރޮގްރާމްގައި 15 މީހަކު ބައިވެރިވެ އެެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ޓްރެއިނަރުން ތަމްރީނު ކުރުމުގެ ބައި ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށް ދަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.