Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

އަންނާރުން ލިބިދޭ ފައިދާތައް އެނގޭތަ؟

1. ބަނޑުގެ ބަލިތަކަށް

އަންނާރުގެ ތޮށި އަދި އަންނާރު ގަހުގެ ފަތަކީ ބަނޑަށް ދިމާވާ މައްސަލަތައް މައިތިރި ކޮށްދޭ އެއްޗެއްސެވެ. އަދި ހަޖަމުގެ ނިޒާމަށް ޖެހޭ މައްސަލަތަކުގެ ސަބަބުން ބޭރަށް ހިނގުމަށްވެސް އަންނާރަކީ ފަރުވާއެކެވެ. އަންނާރު ފަތުން ހަދާފައިވާ ސައި ބުއިމަކީ ހަޖަމް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ ކޮލެރާއާއި ޑައިސެންޓްރީ ފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި އަންނާރު ޖޫސް ބޭނުންކުރެވޭނެއެވެ.

2. ހިތުގެ މައްސަލަތަކަށް

ޤަވާއިދުން އަންނާރު ޖޫސް ބުއިމަކީ ހަށިގަނޑުގައި ރަނގަޅު މިންވަރަކަށް ލޭދައުރު ކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން، ސްޓްރޯކްއާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާތަކަކީ ގޯސް ކޮލެސްޓްރޯލް އިތުރުވުމަށް ހުރަސް އަޅައިދޭ އަދި އާޓެރީތައް ބަންދުވުމުން ސަލާމަތް ކޮށްދޭ މާއްދާތަކެކެވެ. އާޓެރީތައް ބްލޮކް ނުވާ ސަބަބަކީ އަންނާރުގައި ލޭ ތުނިކޮށްދިނުމުގެ ޤާބިލުކަން ހުންނާތީއެވެ.

3. ކެންސަރު

އަންނާރުގައި ފްލެވޮނޮއިޑްސް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓް ވަރަށް ގިނަ އަދަދަކަށް ހިމެނިގެން ވެއެވެ. ފްލެވޮނޮއިޑްތަކަކީ ކެންސަރު ރޭޑިއަލް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޕްރޮސްޓޭޓް އަދި އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު މީހުން އަންނާރު ޖޫސް ބޯން ޖެހޭނެއެވެ. އޭގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ޤަވާއިދުން އަންނާރު ކެއުމަކީ ހަށިގަނޑުގައި ޕީއެސްއޭ ލެވެލްތައް ދަށްކޮށްދީ، ހަށިގަނޑުގައިވާ ކެންސަރު ސެލްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީވެދޭ ކަމެކެވެ.

4. ދަތުގެ ފަރުވާއަށް

އަންނާރުން ލިބިދޭ އެންމެ ބޮޑު އެއް ފައިދާއަކީ އެންޓިބެކްޓީރިއަލް އަދި އެންޓިވައިރަލް މާއްދާތައް ހިމެނޭ އަންނާރު ޖޫހުން، ދަތްތައް ހަލާކުވުމުންނާއި އަނގައަށް ޖެހޭ އެކިއެކި ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ.

5. އޮސްޓިއޯއާތުރައިޓިސް

އެތެރޯސްކްލީރޯސިސް (އާޓެރީތަކުގައި ސަރުބީ ހުރުމުން ޖެހޭ ބައްޔެއް) އަދި އޮސްޓިއޯއާތުރައިޓިސް (ކަށިތަކާއި ހުޅުހުޅުތައް ފީވުން) ފަދަ ގިނަ ބަލިތަކަށް އަންނާރަކީ ފަރުވާއެކެވެ. އާޓެރީތަކުގެ ކައިރި ފަށަލަ ބޯވުމުންނާއި ހަރުވުމުން ދިމާވާ މައްސަލަތަކުންނާއި ކަށިތަކާއި ހުޅުހުޅުތަކަށް އަންނާރު ކެއުމުން ސަލާމަތް ވެއެވެ. އަދި ހަށިގަނޑުގައި ހުންނަ ކަނެކްޓިވް ޓިޝޫތައް ހަލާކުކުރާ އެންޒައިމްތައް އުފެއްދުން ހުއްޓުވުމުގެ ޤާބިލުކަންވެސް އަންނާރަށް ލިބިގެންވެއެވެ.

6. އެނީމިއާ

ހަށިގަނޑުގައި ދުޅަހެޔޮ މިންވަރަކަށް ލޭދައުރު ކުރުމަށްޓަކައި އަންނާރު ކެއުމަކީ ރަނގަޅު ކަމެކެވެ. އަންނާރަކީ ލޭގެ ތެރެއަށް އަޔަން ސަޕްލައިކޮށްދޭ މޭވާއެކެވެ. އޭގެ ސަބަބުން އެނީމިއާގެ އަލާމާތްތައް ކަމަށްވާ ވަރުބަލިކަން، ބޯއެނބުރުން އަދި އަޑުއިވުމުގެ ބާރު ދަށްވުން ފަދަ ކަންކަމުގެ އަސަރު ކުޑަކޮށްދެއެވެ.

7. ހަކުރު ބަލި

ހަކުރު ބަލި ހުންނަ މީހުން އަންނާރު ޖޫސް ބުއިމަކީ އެކިއެކި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ. ހަމަ އެއާއިއެކު، އާޓެރީތައް ހަރުވާ މިންވަރުވެސް ކުޑަކޮށް ދިނުމުގެ ސަބަބުން ހިތުގެ ބަލިތައް އުފެދުން މުޅިން ހުއްޓުވައިދެއެވެ.