މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގެދޮރު ގަތުމަށްޓަކައި ދޫކުރާ ލޯންގެ ޑައުން ޕޭމަންޓް ރިޓަޔަރމަންޓް ޕެންޝަން ފަންޑްގައި ހުރި ފައިސާ ބޭނުންކޮށްގެން އަދާކުރެވޭނެ ގޮތް ހަމަޖެހިއްޖެއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ އެބްއައިބީ އާއި ޕެންޝަން އޮފީހާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މިއަދު ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެބޭންކްގެ މެނޭޖިންގް ޑައިރެކްޓަރު ހާރިސް ހާރޫންއެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެއޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.
އެއެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނަށް އަމިއްލައަށް ޚަރަދު ކުރަންޖެހޭ 20 އިންސައްތަ، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުންނަ ފައިސާއިން ބޭނުން ކުރެވޭނެއެވެ. އަދި ބޭންކުން ބުނާ ގޮތުގައި ލޯން ނަގާފައިވާ މުއްދަތުގެ ތެރޭގައި އެފައިސާ ޕެންޝަން އޮފީހުގައި ރަހުނު ކުރެވިގެން ދާނެއެވެ.
ޕެންޝަން އޮފީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއިއެކުވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފަރާތްތަކާއި އެކުވެސް އެއްބަސްވުންތައް ހެދުމަށް އެއޮފީހުން ވަނީ ނިންމާފައެވެ.