އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ފުލުހުންނަށް ހިންގާ ޕަބްލިކް އޯޑަ ޓްރެއިނިން ކޯސް ފުރިހަމަކޮށްފައި ތިބި ފުލުހުންނަށް އަމާޒުކޮށްގެން ރިފްރެޝަ ޕްރޮގްރާމެއް ހިންގައިފި އެވެ.
މި މަހުގެ 21-25 އަށް ހިތަދޫގައި ހުންނަ ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލުގައި ކުރިއަށް ގެންދިޔަ ރިފްރެޝަ ޓްރެއިނިން ޕްރޮގްރާމުގައި ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިންގ އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުން ކުރާ އުކުޅުތައް ކިޔަވައި ދީފައިވެ އެވެ.
އަދި ފުލުހުންނާއި ގުޅުން ހުރި ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭ ގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައި ދިނުމުގެ އިތުރުން ޕަބްލިކް އޯޑަގެ ހާލަތްތަކުގެ ބޭނުން ކުރާ ފޯމޭޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
އައްޑޫގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި މި ރިފްރެޝަ ޓްރެއިނިން ޕްރޮގްރާމަކީ އައްޑޫ ސިޓީ ޕޮލިހާއި ޕޮލިސް އެކަޑަމީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން 42 ފުލުހަކު ބައިވެރިވެފައިވެ އެވެ.
މި ޕްރޮގްރާމުގައި ކިޔަވައި ދިނީ ޕޮލިސް އެކަޑަމީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.