Last Updated: November 23, 21:59
Sunday, November 24, 2024
ވިޔަފާރި

ޖީއެސްޓީ ބަޔާން ދެން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

މީރާ: މުދަލުގެ ޒަކާތް މިހާރު ދައްކަން ޖެހެނީ މީރާއަށް

ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާއަށްވުރެ، ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން، ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށައަޅަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލާޒިމްކޮށްފިއެވެ.

މީރާއިން މިގޮތަށް ކަނޑައަޅާފައި ވަނީ އެ އިދާރާއިން ނެރުނު ޓެކްސް ރޫލިން އެއްގައެވެ.

މީރާގެ ޓެކްސް ރޫލިންގައި ބުނެފައިވަނީ، 20 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، މިއަހަރުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށައަޅާ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ބަޔާން ހުށައަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ކަމަށެވެ.

މީރާއިން މިގޮތަށް ހަމަޖެއްސިއިރު، އަހަރަކު 20 މިލިއަނާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ، ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން ޖީއެސްޓީ ބަޔާނާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅަންޖެހޭ ގޮތަށް، މީރާއިން ވަނީ ހަމަޖައްސާފައެވެ.

އަހަރަކު 50 މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް ޖީއެސްޓީގެ ބަޔާނާ އެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅާ ގޮތަށް، މީރާއިން ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.